twitterviber whatsapp telegramfacebookyoutube instagram
1st June 2025

ފިތުރު ޒަކާތުގެ ފައިސާ ޖަމާކޮށްދެނީ

ޚަދީޖާ އާދަމް
Apr 18, 2020

ފިތުރު ޒަކާތް ހައްގުވާ މީހުންނަށް މިއަހަރު ޒަކާތު ފައިސާ ޖަމާކޮށްދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މީގެ ކުރިން ޒަކާތް ބަލައިގަތުން މިނިސްޓްރީގައި ކުރިއަށް ގެންދިޔަނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެކަން އެގޮތަށް މިއަހަރު އިންތިޒާމް ނުކުރާނެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވީ ފަގީރުންގެ ލިސްޓް އެކުލަވާލެވި، ޒަކާތް ހައްގުވާ މީހުން ދެނެގަނެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މިއަހަރު ދެވޭނީ ހާލަތު ބަދަލުވެއްޖެ ނަމަ ކަމަށާއި ދިރާގާ، އުރީދޫ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމާ، ބޭންކްތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355