twitterviber whatsapp telegramfacebookyoutube instagram
17th March 2026

މާދަމާ ކުޅުދުއްފުށި ސިޓީ ލޮކްޑައުންކުރަނީ

އަބްދުލް ވާހިދު ޙަސަން
Apr 20, 2020
7

ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، އަތޮޅުގައި އެ ބައްޔަށް ޝައްކުކުވޭ މީހުން ތިބުމުން މާދަމާ ކުޅުދުއްފުށި ސީޓީ ލޮކްޑައުންކުރަން، ކުޅުދުއްފުށީ ޓާސްކް ފޯސްއިން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ދެންމެ ކޭއޯއަށް ވިދާޅުވީ، ރަށަށް މީހުން އަރައި ފޭބުމާއި ރަށުތެރޭގައި މީހުން ނުކުމެ އުޅެން މަނާކުރަން ނިންމީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ލޮކްޑައުން ކުރަން މަސައްކަތްކުރަނީ މާދަމާ މެންދުރު 12 ގެ ފަހުން ކަމަށެވެ.

ލަތީފް ވިދާޅުވީ ލޮކްޑައުން ހާލަތުގައި ގެއިން ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށާ ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ވަސީލަތްތައް ހުރި ވަރަކުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ލޮކްޑައުންކުރި ނަމަވެސް އޮންލައިންކޮށް މުދާ ގަނެ ފިހާރަތަކުން ޑެލެވަރީ ކޮށްދޭނެ ކަމަށާއި އަދި ހޮޓާއި ރެސްޓޯރެންޓްތަކުން ޓޭކުންވެސް ޑެލެވަރީކޮށްދޭނެ ކަމަށެވެ. އަދި އެ ހިދުމަތް ދޭ ހުއްދަ އޮންނަ ފަރާތްތަކުގެ ލިސްޓް ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކުން ހާމަކުރައްވާނެކަމަށް ޓާސްކް ފޯސް އިން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި މިއީ ރަށެއްގެ ޓާސްކް ފޯސްއެއްގައި މަޝްވަރާކޮށްގެން ރަށެއް ލޮކްޑައުންއަށް ގެނެވޭ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355