twitterviber whatsapp telegramfacebookyoutube instagram
20th September 2026

ހިރިމަރަދޫ އިން ޓެސްޓް ހެދި މީހާ ނެގެޓިވް

އަބްދުލް ވާހިދު ޙަސަން
Apr 23, 2020
1

ހއ އުލިމަގު އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހާއާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ހިރިމަރަދޫ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ޓާސްކް ފޯސްއިން ހާމަކޮށްފި އެވެ.

ހިރިމަރަދޫ މީހާއަކީ އުލިގަމުން ޕޮޒިޓިވް މީހާ އާއި އެއް ކޮޓަރިއެއްގެ އުޅެފައިވާ މީހެކެވެ. އޭނާ ރަށަށް އައީ ކުޅުދުއްފުށީ ސީކްއީން ބޯޓުގައި މިމަހު 14 ވަނަ ދުވަހު އެވެ. އެއަށްފަހުވެސް އެމީހާ ވަނީ ކުޅުދުއްފުއްޓަށް އައިސް ބައެއް ފިހާރަތަކަށް ގޮސް ވިޔަފާރިކޮށްފަ އެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްގެ ޗެއާމަން އަހުމަދު ދާއޫދޫ ކޭއޯއަށް ވަނީ މިކަން ޔަގީންކޮށްދެއްވާފައި އެވެ. އޭނާ ވިދާޅުވީ މަގުތަކަށް ރައްޔިތުން ނުނުކުމެ މިއީ އަދިވެސް ރައްޔިތުންގެ ފަރާތުން ދެއްވަމުން ގެންދަވާ އެއްބާރުލުން ކުރިއެކޭ އެއްގޮތަށް ދިނުމަށެވެ. އަތޮޅުގައި އަދިވެސް ޕޮޒިޓިވް މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެފައި ތިބި މީހުން އެބަތިބި ކަމަށް އަހުމަދު ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ފުރަތަމަ ފަހަރަށް ޓެސްޓްކުރުމުން ނެގެޓިވްވެފައި ފަހުން ހަދައި ޓެސްޓުން ޕޮޒިޓިވްވެސްވާ ކަން ފާހަގަކުރަމުން އަހުމަދު އެދިވަޑައިގެންނެވީ ރައްޔިތުން ކިޔަމަންތެރިކަމާއެކު މިހާރުވެސް ދައްކަމުންގެންދާ ނަމޫނާގައި ތިބުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293