twitterviber whatsapp telegramfacebookyoutube instagram
13th May 2024

އަލާމާތް ހުރުމުން ކުޅުދުއްފުށީ މީހެއްގެ ސާމްޕަލް ނަގައި ގެޔެއް ކަރަންޓީނުކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 26, 2020
6

ށ ނަރުދޫ، އަމާޒު ބޯޓުން ކުޅުދުއްފުއްޓަށް ތިން މީހަކު އައިސްފައިވާ ކަމަށާއި އެތަނުން ކޮވިޑް-19 ގެ އަލާމާތެއް ހުރި މީހާގެ ސާމްޕަލް ނަގާފައިވާކަމަށް ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ނަރުދޫ ބޯޓުން ކުޅުދުއްފުއްޓަށް ތިން މީހަކު އައިސްފައިވާ ކަމަށާއި އެތަނުން އެކަކުގެ ސާމްޕަލް ނަގައި މާލެ ފޮނުވާލައިވާކަމަށެވެ.

ނަރުދޫ ބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިއްޔެ އެންގުމާއެކު އެ ބޯޓު ދަތުރުކުރި އެތަކެއް ރަށެއްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އަދި އެ ބޯޓުން ދަތުރުކުރި ދެ މީހަކު ވަނީ އެކަން އިއުލާންކޮށް އަމިއްލައަށް އެކަހެރިވެފައި އެވެ.

އަހުމަދު ވިދާޅުވީ، ސާމްޕަލް ނެގުމަށްފަހު، އެ ގެ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާ، އެޗްޕީއޭގެ ލިޔުން އެ ގޭގެ ބޭރުގައި ހަރުކޮށްފައިވާނެ ކަމަށެވެ. އެ ގެޔަކީ، ކިރުދޫނިގެ އެވެ. އަހުމަދު ވިދާޅުވީ، އެ މީހާ އެގޭގައި އުޅޭ ހުރިހާ އެންމެންނާ ކޮންޓެކްޓްވެފައިވާ ކަމަށާ، ފުލުހުން ޕެޓިރޯލްކުރުމުގައި ހާއްސަ ސަމާލުކަމެއްދީގެން އެ ގެ ބަލަމުންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެގެޔަށް ބޭނުންވާ ޒަރޫރީ ތަކެއްޗާއި ކަންކަން ސޯޝަލް ސަޕޯޓް ޑެސްކުން ކުރަމުންގެންދާނެ ކަމަށާއި އެކަހެރިކުރާ ފަރާތްތަކާ މެދު ނުރަނގަޅު ވިސްނުން ނުގެންގުޅުމަށް އަހުމަދު ވަނީ ގޮވާލާފަ އެވެ. އޭނާ ވިދާޅުވީ ކޮންޓެކްޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ ބޯޓުގައި ކުޅުދުއްފުއްޓަށް އައި އަނެއް ދެ މީހުންގެ ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް މިރޭ ކުރިއަށްދާނެ ކަމަށެވެ.

އަމާޒު ބޯޓުން ވަނީ ހއ، ށ އަދި ނ އަތޮޅުގެ ޖުމްލަ 13 ރަށަކަށް ދަތުރުކޮށްފައެވެ. މި ބޯޓު މިމަހު 15 ވަނަ ދުވަހު މާލެއިން ފުރީ 98 މީހަކާއި އެކުއެވެ. އޭގެތެރެއިން 51 މީހަކު މިހާރު ވަނީ ދެނެގަނެވިފައި އެވެ. އަދި ދެން ތިބި މީހުން ވީހާވެސް އަވަހަށް އެޗްޕީއޭއަށް ރިޕޯޓް ކުރަން ވަނީ އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355