twitterviber whatsapp telegramfacebookyoutube instagram
21st December 2025

އެސްޓީއޯއިން އިތުރު ސިއްހީ ސާމާނު ރާއްޖެ ގެނެސްފި

Apr 29, 2020

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ބޭނުންވާ އިތުރު ސިއްހީ ސާމާނު އެސްޓީއޯއިން ރާއްޖެ ގެނެސްފިއެވެ.

ޗައިނާއިން ރާއްޖެ ގެނައި މި ތަކެތި ގެނެސްފައިވާކަން ހާމަކޮށް އެސްޓީއޯއިން ވަނީ ޓުވީޓެއްކޮށްފައެވެ. އެސްޓީއޯއިން ބުނީ މި ސާމާނަކީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެންއޭއެސް) އިން ގަނެގެން ގެނައި ތަކެތި ކަމަށާ، މީގެތެރޭގައި ޕާސަނަޕް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓްތައްވެސް ހިމެނޭނެކަމަށެވެ.

މި ސާމާނަކީ ޗައިނާގެ ހިލޭ އެހީގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ޗައިނާގެ އެހީ މިހަފްތާގެ ފަހުކޮޅު ރާއްޖެ ގެނެވޭވަރު ވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޗައިނާއިން ސިއްހީ އާލަތްތައް ރާއްޖެއަށް ފޯރުކޮށްދީފައިވާއިރު، އެޤައުމުން ގެންދަނީ ރާއްޖޭގައި 1100 މީހުންގެ ޖާގައިގެ ކަރަންޓީނު ދެ ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އިންޑިއާ، ބަންގްލަދޭޝް، ޗައިނާ އަދި އެމެރިކާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355