twitterviber whatsapp telegramfacebookyoutube instagram
10th August 2026

ހއ. މާރަންދޫގައި އުޅޭ ލޭ އަޅާ ކުއްޖެއްގެ ބޯންމެރޯ ހެދުމަށް ފައިސާ ހޯދުމަށް އެހީވުމަށްޓަކައި ފަންޑު ފޮއްޓެއް ބަހައްޓައިފި

May 8, 2011

ހއ. މާރަންދޫގައި އުޅޭ ލޭ އަޅާ ކުއްޖެއްގެ ބޯންމެރޯ ހެދުމަށް ފައިސާ ހޯދުމަށް އެހީވުމަށްޓަކައި އެރަށުގައި ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.

ތެލެސީމިއާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ. މާރަންދޫގައި މިއަދު ހިންގި ހަރަކާތްތަކުގެ ތެރެއިން، އެރަށު އާރު ނަމަކަށް ކިޔާގޭ ޝަމީލާ ޚާލިދުގެ ބޯންމެރޯ ހެއްދުމަށް ބޭނުންވާ ފަސްލައްކަ ދިވެހި ރުފިޔާ އެއްކުރުމަށްޓަކައި މިއަދު ބެހެއްޓި ފަންޑު ފޮށި ބަހައްޓާފައިވަނީ އެރަށު ކައުންސިލް އިދާރާގައެވެ.

މާރަންދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހަމީދު މައުލޫމާތު ދެއްވަމުން ވިދާޅުވީ މާރަންދޫ ކައުންސިލްގެ އިދާރާގައި ފަންޑު ފޮށި ބެހެއްޓި ކަމުގައި ވިޔަސް، އަތޮޅު ގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ޝަމީލާއަށް އެހީވެވިދާނެއެވެ. އެގޮތުން ހއ. އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލް އިދާރާއެއްގައިވެސް ފަންޑު ފޮއްޓެއް ބެހެއްޓުމަށްޓަކައި އިންތިޒާމް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުން ދާކަމަށް މުޙައްމަދު ހަމީދު މައުލޫމާތު ދެއްވިއެވެ.

އުމުރުން 7 އަހަރުގެ ޝަމީލާ ޚާލިދަކީ މާރަންދޫއަށް އުފަން ލޭއަޅާ 3 ކުދިންގެ ތެރެއިން މިހާރު ރަށުގައި ހުރިކުއްޖާއެވެ. އަދި ތިންކުދިންގެ ތެރެއިން އެންމެ ހަގު ޝަމީލާގެ ބޯންމެރޯ ހެދުމަށް މެޗްވާ ކުއްޖެއް ލިބިފައިވާ ކަމަށް އެރަށުން މައުލޫމާތު ލިބިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355