twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅަށް ލިބުނު ކަދުރު މިހާރު ގެނެސްފިން

އަބްދުލް ވާހިދު ޙަސަން
May 7, 2020
2

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރުގެ ތެރެއިން ހދ އަތޮޅަށް ލިބިފައިވާ ކަދުރު މިހާރު އަތޮޅު ކައުންސިލަށް ގެނެސްފައިވާކަމަށް އެކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު ހާމަކުރައްވައިފި އެވެ.

ހަނިމާދޫ ދާއިރާގެ ކައުންސިލަރުކަން ކުރައްވާ އަލީ މުހައްމަދު ހާމަކުރެއްވި ގޮތުގައި ހދ އަތޮޅުގެ 13 ރަށަށް ޖުމްލަ 150.4 ކޭސް ކަދުރު މިހާރު އަތޮޅު ކައުންސިލަށް ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުން ފެށިގެން ރަށު ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ބޯޓަށް ގެނެސްދިނުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މުސާގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރާކަމަށެވެ. އެތަކެތި އަތޮޅަށް ގެނެސްފައިވަނީ ކުޅުދުއްފުށީ، އިސްކަންދަރު ބޯޓުގައި އެވެ.

އަލީ މުހައްމަދު ހާމަކޮށްފައިވާ ގޮތުގައި ކުޅުދުއްފުއްޓަށް 573 ޕެކެޓް ކަދުރު ލިބިފައިވާއިރު އަތޮޅުގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށްކަމުގައިވާ ނޮޅިވަރަމަށް ލިބިފައިވަނީ 135 ޕެކެޓް ކަދުރެވެ. އަދި ހަނިމާދޫއަށް 153 ޕެކެޓް ކަދުރު ލިބުނުއިރު ނޮޅިވަރަންފަރަށް ލިބިފައިވަނީ 95 ޕެކެޓް ކަދުރެވެ. ކުމުންދޫއަށް 105 ޕެކެޓް، ހިރިމަރަދޫއަށް 30 ޕެކެޓް، ނާވައިދޫއަށް 36، ފިނޭއަށް 35 ، ނެއްލައިދޫއަށް 68 ، ކުރިނބީއަށް 37 ޕެކެޓް ކަދުރު ލިބިފައިވެ އެވެ.

މީގެ އިތުރުން މަކުނުދޫއަށް 105 ޕެކްޓް ކަދުރު ލިބިފައިވާއިރު ނޭކުރެންދޫއަށް 71 ޕެކެޓް އަދި ވައިކަރަދޫއަށް 61 ޕެކެޓް ކަދުރު ލިބިފައިވެ އެވެ.

ރަށްތަކަށް ކަދުރު ލިބިފައިވާ ގޮތުގެ ތަފްސީލެއް މިނިސްޓްރީންވެސް އަދި އަތޮޅު ކައުންސިލުންވެސް ހާމަކޮށްފައެއްނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355