twitterviber whatsapp telegramfacebookyoutube instagram
7th April 2025
ADVERTISEMENT
ޒުވާން ވިޔަފާރިވެރިޔާ އަހުމަދު މުހައްމަދު--

ކާނެ އެއްޗެއް ނެތް މީހުންނަށް ޒުވާން ވިޔަފާރިވެރިއެއްގެ ދީލަތި އަތެއް

އަބްދުލް ވާހިދު ޙަސަން
May 10, 2020
9

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ގިނަ ބައެއްގެ ވަޒީފާ ގެއްލި ކުރާނެ މަސައްކަތެއް ނުލިބި އެތަކެއް ބައެއް ވަނީ ހާލުގައި ޖެހިފައި އެވެ. ޒަރޫރީ ތަކެތިވެސް ގަންނާނެ ފަދަ ނެތް އާއިލާތައް މި ކުޅުދުއްފުށީގައި މިއަދު އެބަތިއްބެވެ. ކޮވިޑާ ގުޅިގެން ނިކަމެތިވެފައިވާ އާއިލާތައް ދެނެގަތުމުގެ މަސައްކަތް ޓާސްކް ފޯސް އިން ދަނީ މިހާރުވެސް ކުރަމުންނެވެ.

ދިވެހި އާއިލާތަކުގެ އިތުރުން ލޭބަރުންގެ ގޮތުގައި ދުވަހު މަސައްކަތަށް އުޅޭ ބިދޭސީންގެ ހާލަތުވެސް ވަރަށް ދެރަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ކާނެ އެއްޗެއް ހޯދުމަށް ގޭގެއަށް ގޮސް ސަލާން ޖަހާފައި އެބަހުއްޓެވެ. މި ދަތި ވަގުތުގައި ބައެއް ދިވެހިންގެ ފަރާތުންވެސް އާދަޔާ ހިލާފު އޯގާތެރިކަން ދަނީ ފެންނަމުންނެވެ. މީގެ ތެރެއިން އެއް ފަރާތްތަކީ ކުޅުދުއްފުއްޓަށް އުފަން އަހުމަދު މުހައްމަދެވެ.

ދާދި ފަހުން ވިޔަފާރީގެ ތެރެއަށް ވަދެ ތިން ފިހާރައެއް ހިންގަމުންދާ އަހުމަދު ކޭއޯއަށް ބުނީ، ކޮވިޑްގެ ސަބަބުން ނިކަމެތިވެފައިވާ މީހުން ކައުންސިލާއި ޓާސްކް ފޯސްގެ އެހީގައި ފާހަގަކުރަމުންދާ ކަމަށާ ބޭނުންމަކީ ޒަރޫރީ ކާބޯތަކެތި ނުލިބިފައިވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

ވިކްޓްރީ ސްޕޮޓްސް ކުލަބުގެ ކީޕަރުގެ މަގާމު ފުރަމުން އަންނަ އަހުމަދު ބުނީ އެފަދަ ނިކަމެތި ހާލަތެއްގައި ހުރި މީހަކު އެނގިއްޖެނަމަ އަންގާލަ ދިނުމަށެވެ. ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އޭނާ ބުނީ މިހާރުވެސް އެފަދަ ފަރާތްތަކަށް ހަދިޔާކުރުމަށް ޕެކްތަކެއް ތައްޔާރުކުރަމުންދާ ކަމަށެވެ. ކާޑުގެ ބާވަތްތަކާއި ތަރުކާރީ އާއި މޭވާގެ ޕެކްތަކާއި އެހެނިހެން ކާބޯތަކެތިވެސް ބޭނުން ޖެހިފައި ތިބި މީހުންނަށް ހަދިޔާކުރަމުންނެވެ.

ކޮވިޑާ ގުޅިގެން އަހުމަދު ތިން ފިހާރަތަކުގެ ތެރެއިން އެއް ފިހާރަ ބަންދުކޮށްފައިވާއިރު ދެ ފިހާރައަކުން އަންނަނީ ހިދުމަތް ދެމުންނެވެ. އޯޑަރު ނަގައި ޑެލިވަރީކުރަމުންނެވެ.

އަހުމަދު ވަނީ ކާނެ އެއްޗެއް ނެތިފައި ހުރި އެއްވެސް މީހަކު އެނގޭނަމަ އޭނާއަށް އެކަން އަންގާލަދިނުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންވެސް ކޮށްފައި އެވެ.

ނަން
ކޮމެންޓް
ހަސަން
އެހީވުމަކީ ރަގަޅުކަމެއް އެކަމަކު އަސްލު މައްސަލަ ހައްލުކުރަން މަސައްކަތް ކުރިޔާ ތިފަދަ މީހުން ނުތިބޭނެ! ދުވަހު މުސާރަޔައް ލޭބަރުންގެ ގޮތުގަ ބޭރުމީހުނައް މަސައްކަތް ކުރެވެންޏާ ތިކަން ދުވަހަކުވެސް ހައްލުނުވާނެ
ޭެެެައެކުވެރިޔާ
ނިކަމެތިންނަށް އެހީވާ އެންމެންގެ ވިޔަފާރީގާ މާތްﺍﻟﻠَّﻪ ބަރަކާތް ލައްވާށި... އާމީން!
އަނު
ކޮންމެވެސް ދުވަހަކުން ތިކަމުގެ މަންފާ ލިބޭނެ މާތްﷲ ތިކަމުގަބަރަކާތް ލައްވާށި އާމީން
ބޭބެ
ލޮބުވެތި އަޚާއަށް ބާއްޖަވެރިކަން ހުއްޓެވެ. ނިކަމެތިންނަށް އެހީވުމަށް ތިޔަ ނިންމި މިންމުމަށް ބޭބެ އުފާކޮށް ﷲ އަށް ޙަމްދު ކުރަމެވެ. މާތް ﷲ އަޚާގެ މުދަލުގައި ބަރަކާތް ލައްވައި ވިޔަފާރީގައި ކުރިޔަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރަށްވާށިއެވެ! އާމީން.
ބޭބެ
ލޮބުވެތި އަޚާއަށް ބާއްޖަވެރިކަން ހުއްޓެވެ. ނިކަމެތިންނަށް އެހީވުމަށް ތިޔަ ނިންމި މިންމުމަށް ބޭބެ އުފާކޮށް ﷲ އަށް ޙަމްދު ކުރަމެވެ. މާތް ﷲ އަޚާގެ މުދަލުގައި ބަރަކާތް ލައްވައި ވިޔަފާރީގައި ކުރިޔަށް ދިޔުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރަށްވާށިއެވެ! އާމީން.
އައިޝާ
ކަދުރު އޮށެއްގެ ފަޅިއަކުން ނަމަވެސް ނަރަކައިގެ އަލިފާނުން ރައްކާތެރިވެވޭތޯ ހޭދަކުރާށެވެ. ކުޅުދުއްފުށީގެ ފާހަގަކޮށްލެވޭ ވިޔަފާރިން ވަނީ ސިއްރާއި ފާޅުގައި ނިކަމެތިންނަށް ހޭދަކޮށްފަ!! މި ފުރުސަތުގައި އެފަދަ އެންމެހާ ފަރާތްތަށް ހެޔޮ ދަރުމަ ދެއްވާށި އަޙުމަދު މުޙައްމަދަށްވެސް ހެޔޮ ޖަޒާ ދެއްވާށި!
ކުޑަހުސޭނު
ބަރަކާތް ލައްވާށި އާމީން.
ޙަސަނު
ވިޔަފާރީގައި ބަރަކާތް ލައްވާށި
ޢަހުރނ
ސާބަހޭ ދަރިޔާ.. ކުޅުދުއްފުށި ވ ތަފާތު ވާނެ..
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com