twitterviber whatsapp telegramfacebookyoutube instagram
28th March 2024

އިންޑިއާ އިން ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެތި ރާއްޖެ ގެނެސްފި

ނަބީލާ އިސްމާޢީލް
May 12, 2020

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެތި މިއަދު އެ ގައުމުގު އަސްކަރީ މަނަވަރުގައި ރާއްޖެ ގެނެސްފި އެވެ.

މި ފަހަރު ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ކާޑާއި ރީނދޫ މުގާއި އަލުވި އަދި ފިޔާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ.

އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ކޭސަރީ"ގައި އެހީގެ ގޮތުގައި ގެނައި ތަކެތީގެ ތެރޭގައި ކާޑު ބާވަތްތަކުގެ ގޮތުގައި 200 ޓަނުގެ ހަނޑުލާއި 140 ޓަނުގެ ގޮދަން ފުށާއި 90 ޓަނުގެ ހަކުރު ހިމެނެއެވެ. މީގެއިތުރުން 120 ޓަނުގެ ރީދޫ މުގާއި 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވިވެސް ހިމެނެއެވެ.

ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ "އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް"ގެ ދަށުން ސަރަހައްދީ ޤައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީއެވެ. މި ގޮތުން އިންޑިއާގެ އަސްކަރީ މަނަވަރު "އައިއެންއެސް ކޭސަރީ" ފުރަތަމ އެހީ ހިފައިގެން މިއައީ ރާއްޖެއަށެވެ. އަދި ރާއްޖެއަށް މުދާ ބޭލުމަށްފަހު މި މަނަވަރު އެހީގެ މުދަލައާއި އެކު ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާނެއެވެ.


މިއީ މިދިޔަ މަހުގެ 20 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ފޯނުން ގުޅުއްވައިގެން ކުރެއްވި މަޝްވަރާތަކަށް ފަހު ދެއްވަން ނިންމެވި އެހީގެ ބައެއް ކަމަށް އިންޑިއަން ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެ އެވެ.

ވޭތުވެ ދިޔަ ދެ މަހުގައި އިންޑިއާ އިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފަ އެވެ. އަސާސީ މެޑިކަލް ސާމާނު ހަދިޔާ ކުރުމުގެ އިތުރުން، އެ ގައުމު ލޮކްޑައުން ކުރުމުގެ ކުރިން އެސްޓީއޯ އިން އޯޑަރުކުރި ބޭސްތަކެއް އިންޑިއާގައި ތާށިވުމުން އެ ތަކެތި ގެންނަން ހާއްސަ އޮޕަރޭޝަނެއް ހިންގި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355