twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޭރުން ދިވެހިން ގެންނަގޮތަށް މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ނުފޮނުވެންވީ ކީއްވެ؟

May 12, 2020
1

ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖެއާ ހަމައަށް ފޯރައި ރައްކާތެރި ފިޔަވަޅުތައް އަޅަން ސަރުކާރުން ފައި ނެގިއިރު ސަރުކާރުން އޮތީ މިކަމަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ސަރުކާރުގެ ފަރާތުން ދިޔައީ ހާމަކުރަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުންތަކުގައި މިނިސްޓަރުންނާއި އެ ފެންވަރުގެ އެންމެން ކަހަލަ ގޮތަކަށް ވިދާޅުވަމުންގެންދިޔައީ އެންމެ ނުރައްކާތެރި ހާލަތަށްވެސް ރާއްޖެ ތައްޔާރުކަމަށެވެ.

މިހެން މިކަން އޮތްވާ މާލޭގައި އުޅޭ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި ހެދި ޓެސްޓް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ވެރިރަށް މިދިޔަ އެޕްރީލްމަހުގެ 15 ވަނަ ދުވަހު މާލެއަށް އަރާ ފޭބުން މަނާކުރި އެވެ. އެ ހިސާބުން އެންމެ ބޮޑު ނުތަނަވަސްކަމެއް އުފެދުނީ ޒަރޫރީ ހިދުމަތްތައް ހޯދުމަށް މާލެ ގޮސް ތިބި އަތޮޅުތެރޭގެ ފަރާތްތަކަށެވެ. މިއީ އާންމު ހާލަތެއް ނޫންކަމަށާ މިހާރު މިއޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ލޮކްޑައުން ހާލަތުގައި ކަމަށް ބުނެ ސަރުކާރުގެ އޮފިޝަލުން ދިޔައީ އެ ރައްޔިތުންނަށް ވިސްނާ ދެމުންނެވެ. އެހެންވުމުން ގިނަ ބަޔަކު "ބަސްއަހާ" ވީހާލެއްގައި ވާން ތިބީ އެވެ.

އެކަމަކު މިހެން ތިއްބާ ފެންނަށް ފެށީ މުޅި އެހެން މަންޒަރެކެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަދި ރާއްޖޭގެ އެތެރޭގެ ދަތުރުތައް މެދުކަނޑާލައި އެރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވާފައި އޮތްވާ، ރާއްޖޭން ބޭރުގައި އެކި ބޭނުންތަކަށް ގޮސްތިބި ފަރާތްތަކާއި ތައުލީމް ހާސިލްކުރަން ގޮސްތިބި ފަރާތްތައް ސަރުކާރުން ބޮޑު ހަރަދުކޮށްގެން މާލެ ގެންނަމުންދިޔަ މަންޒަރެވެ. ވައިރަސް ފެތުރިފައި ތިބި ގައުމުތަކުންވެސް ދިވެހިން ގެނެސް ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހު ދައުލަތުން ބަލަހައްޓާ ދިނުމަށްފަހު އެ ފަރާތްތައް ދިޔައީ އާއިލާތަކަށް ދިޔައީ ދޫކުރަމުންނެވެ. މިހާ ނާއިންސާފުން ކަންކަން ކުރަމުންދާތަން ބެލުމަކީ ދިވެހިންނަށް އެއްވެސް އިރެއްގައި ފަސޭހަކަމެއް ނޫނެވެ.

ޒަރޫރީ ބޭނުމަށް މާލެ ދިޔަ އަތޮޅުތެރޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި

"ބޭރުގައި ތިބި ދިވެހިން ރާއްޖެއަށް ގެނެސް ކަރަންޓީނުކުރެވެންޏާ، އަޅުގަނޑުމެން ނިކަމެތިން ކަރަންޓީނުކޮށް ރަށަށް ނުފޮނުވެންވީ ކީއްވެ. މާލެ އައީ ކޮންމެހެން އަންނަ ޖެހިގެން ބޭސްފަރުވާއަކަށް." މާލޭގައި ތާށިވެފައި ހުރި ދިވެއްސަކުން ބުންޏެވެ.

ހިތްހަމަނުޖެހި ހުރެ އެ މީހާ ބުނީ، ލޮކްޑައުންކުރިފަހުން މިހާ އެތަކެއް ދުވަހެއްވެފައިވާއިރު ރުފިޔާކޮޅު ހުސްވެ ހާލުގައި ޖެހިފައިވާ ކަމަށެވެ. ކޮޓަރިއަށް ކުލި ދައްކާފައި ކާނެ އެއްޗެއް ނޯނަކަމަށް އެ މީހާ ބުންޏެވެ. އެކަން ޖެންޑާރއަށް ގުޅައި ރިޕޯޓްވެސް ކުރިކަމަށާ އަދިވެސް މިހާތަނަށް ދިޔައިރު އެ މީހުންގެ ހާލަތު ބަލާލައިފައިނުވާ ކަމަށެވެ.

މާލޭގައި ވިހަން ގޮސް ތާށިވެފައި ހުރި އެހެން މީހަކު ބުނީ، މީގައި އެންމެ ބޮޑު މައްސަލައަކީ ރާއްޖެއިން ބޭރުން މީހުން ގެނެވޭއިރު މާލޭގައި ތާށިވެފައިވާ ތިބި އަތޮޅުތެރޭގެ ރައްޔިތުންނަށް ރަށަށް ދެވޭނެ ގޮތެއް ނެތުމެވެ. އެކަން މާބޮޑަށްވެސް ލަސްވެގެންގޮސްފައިވާއިރު ރާއްޖޭއިން ބޭރުން ދިވެހިން ގެނައުމުގައި އެއްވެސް މަޑުޖެހުމެއް ނެތް ކަމަށެވެ. އެ މީހުންގެނެސް ކަރަންޓީންކޮށްފައި އާއިލާތައް ކައިރިއަށް އެދަނީ ދޫކުރަމުންނެވެ. މިއީ ވަރަށް ބޮޑު ބޭއިންސާފެކެވެ.

ޕްރެޝަރު ބޮޑުވުމުން ކައުންސިލްތަކުގެ ބޮލަށް ޖަހާފައި މީހުން ފޮނުވަން އުޅުނު

ކޮންމެ ސަރުކާރެއްގައިވެސް ބަދަލުނުވެ އޮތް ކަމެއް އެބައޮތެވެ. އެއީ ސަރުކާރުންތަކުން ކައުންސިލްތަކާއި ދޭތެރޭ ގެންގުޅޭ ދަށްކޮލުމުގެ ވިސްނުމެވެ. މިކަމުގައިވެސް އެކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. މާލެގައި ތިބި މީހުން ރަށްތައް ފޮނުވައި ކައުންސިލްތަކުން އެ މީހުން ބަލަހައްޓާ ގޮތަށް ނިންމާއެކަން ތަންފީޒުކުރަން ސަރުކާރުން އުޅުނެވެ. އެގޮތުން އައްޑޫ އަށާއި ކުޅުދުއްފުއްޓަށް މާލެއިން 7 މީހަކު ފޮނުވި އެވެ.

ސިއްހީ މާހިރުންގެ ލަފަޔާ ދެކޮޅަށް ކުރި އެކަންތައްތަކުގެ ސަބަބުން ކައުންސިލްތަކާއި އާންމުންގެ ފަރާތުން ސަރުކާރަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވި އެވެ. ކަރަންޓީނު ކުރާނެ އިމާރާތްތައް ބައެއް ރަށްރަށުގައި ހުރިނަމަވެސް އެތަންތަނުގެ ކަރަންޓާއި ސެކިއުރިޓީ އަދި ކާބޯތަކެތި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައިނުވެ އެވެ. އަދި ބައެއް ރަށްރަށުގައި ކަރަންޓީނުކުރާނެ އިމާރާތެއްވެސް ނެތެވެ. އެގޮތުން ހދ އަތޮޅަށް ބެލިއިރު އެ އިންތިޒާމުތަކެއް ނެތެވެ. އެންމެ ރިސޯޓެއް އޮތްއިރު އެއީ ކަރަންޓީނު ފެސިލިޓީއަކަށް ދޫކުރަން ނިންމާފައި އޮތް ރިސޯޓެއް ނޫނެވެ. އެހެންވުމުން އެ އަތޮޅުގައި ކަރަންޓީނުކުރެވޭނެ ގޮތެއް ސަރުކާރުން މިއަދާ ހަމައަށް އައިއިރުވެސް ހަމަޖައްސާފައެއް ނުވެ އެވެ.

މިހާރު ނިންމުން ވަނީ ބަދަލުކޮށްފައި

މި ހުރިހާ މައްސަލަތަކެއް ކުރިމަތިވުމުން ސަރުކާރުން އެންމެ ފަހުން މިހާރު ވަނީ އެކަމުގައި ގެންގުޅޭ ވިސްނުން ބަދަލުކޮށްފައި އެވެ. އަދި މާލޭގައި މިވަގުތު ޒަރޫރީ ހިދުމަތް ހޯދުމަށް ގޮސްތިބި އަތޮޅުތެރޭގެ ރައްޔިތުން ކަރަންޓީނުކުރުމަށްފަހު، ރަށަށް ގެންދިޔުމަށް ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައި އެވެ. އަދި އެކަމުގެ މަސައްކަތްތައް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަން މިނިސްޓަރު އިމްރާނާއި މިނިސްޓަރު އަލީ ވަހީދު ވަނީ އިއުލާނުކުރައްވާފަ އެވެ.

ރައްޔިތުން ބޭނުންވަނީ ހަމަހަމަ ކަމެކެވެ. މާލޭގައި ތިބި ފަރާތްތައްވެސް ވައިރަސް ހިފައިގެން ރަށަށް އަންނާކަށް ބޭނުމެއް ނުވެ އެވެ. ބޭނުންވަނީ ކަރަންޓީންވުމަށްފަހު ޓެސްޓްކޮށް ބަލި ނެތްކަން ޔަގީންކުރުމަށްފަހު ރަށަށް އައުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355