twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް ރިވިއުކުރަން ފޮނުވައިފި

ޚަދީޖާ އާދަމް
May 17, 2020

ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވޭ ބޭފުޅުންނަށް ދައުލަތުގެ ހަރަދުން ދެމުން އަންނަ އިނާޔަތްތައް ރިވިއުކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ގާނޫނުގައިވާ ގޮތުގެ މަތިން ކުރީގެ ރައީސުންނަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި ދެމުން ދަނީ މަހަކު 175،000 ރުފިޔާ އެވެ. އެއީ މަހަކު 50،000 ރުފިޔާގެ މުސާރަ އާއި، ދިރިއުޅޭ ތަނުގެ ހަރަދަށް 50،000 ރުފިޔާ އަދި ޗެރިޓީ މަސައްކަތްތަކަށް ހުޅުވާ އޮފީސްތައް ހިންގުމަށާ އެކު ގިނަވެގެން 175،000 ރުފިޔާ ދޭން ޖެހެ އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނާ ގޮތުން އެއް ދައުރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ރައީސް ކަން ކުރެއްވި ބޭފުޅުންގެ ދައުލަތުން މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އަދަދަކީ 50،000 ރުފިޔާ އެވެ. އެއް ދައުރަށް ވުރެ އިތުރަށްނަމަ 75،000 ރުފިޔާ އެވެ.

މިނިސްޓަރު އަމީރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ ކުރީގެ ރައީސުންގެ އިނާޔަތްތައް ރިވިއުކޮށްދިނުމަށާއި ދައުލަތުން ހަރަދު ކުރާ ގޮތަށް އެއް އިދާރާއަށްވުރެ ގިނަ އިދާރާއިން އިނާޔަތް ހޯދާ މީހުނަށް ކޮންމެ ވެސް އެއް ސްކީމެއް އިހުތިޔާރު ކުރަން ޖެހޭ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ބުނާ ގޮތުން އެއް ދައުރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ރައީސް ކަން ކުރެއްވި ބޭފުޅުންގެ ދައުލަތުން މުސާރައިގެ ގޮތުގައި ދޭން ޖެހޭނެ އަދަދަކީ 50،000 ރުފިޔާ އެވެ. އެއް ދައުރަށް ވުރެ އިތުރަށްނަމަ 75،000 ރުފިޔާ އެވެ.

ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދައުރަކަށް ވުރެ ދިގު މުއްދަތެއްގައި ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ އިތުރުން ދެން ދުނިޔޭގައި މި ވަގުތު ތިއްބެވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދެވެ. އޭގެ ތެރެއިން މަޖިލީހުގެ ރައީސަކަށް ހުންނެވި ނަޝީދު ވަނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ރުފިޔާ ނުނަންގަވަން ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355