twitterviber whatsapp telegramfacebookyoutube instagram
7th May 2025

ޤަވާއިދާ ހިލާފަށް ކުޅުދުއްފުށީގައި އުޅޭ ބިދޭސީން ހޯދާ ފޮނުވާލުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ފޮލިސް ގުޅިގެން ކުރިޔަށް އެބަގެންދޭ

May 10, 2011

މުހައްމަދު އާދަމް

ޤަވާއިދާ ހިލާފަށް ކުޅުދުއްފުށީގައި އުޅޭ ބިދޭސީން ހޯދާ ފޮނުވާލުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ފޮލިސް ގުޅިގެން ކުރިޔަށް އެބަގެންދެއެވެ.

މިހިނގާ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދަން ފަށާފައިވާ މި އޮޕަރޭޝަންގައި ކުޅުދުއްފުށީ ބަހާދަރު ބޯޓުން މިއަދު ހެނދުނުއައި ބިދޭސީން ބަލާފާސްކުރެވިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލަރު ޖަމްޝީދު މުޙައްމަދު މަޢުލޫމާތު ދެއްވިއެވެ. އަދި މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާކަމަށާއި މިކަމަށް ކުޅުދުއްފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމާއި، މިހާރުވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށް ވިދާޅުވިއެވެ.

މިއަދު ބަހާދަރުބޯޓުން އައި ބިދޭސީން ޗެކްކުރުމުގައި ޤަވާއިދާ ހިލާފަށް އެއްވެސް ބިދޭސީއަކު އައިސްފައި ނުވާކަމަށާއި މިހާތަނަށް އަދި އެއްވެސް ބިދޭސީއަކު ފޮނުވާލެވިފައި ނުވާކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ.

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެވެސް އެއްބާރުލުން ބޭނުންވާތީ، މިފަދަ ބިދޭސީއަކު އުލޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް އެފަރާތްތަކުން އެދިލައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355