twitterviber whatsapp telegramfacebookyoutube instagram
8th November 2026

ނަރުދޫގެ ހުރިހާ ގޭބިސީތަކުގެ ކަރަންޓް ބިލު ދެއްކެވީ އެމްޕީ ރިޒާ

އަބްދުލް ވާހިދު ޙަސަން
May 30, 2020
1

މާލެ ފިޔަވާ އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުމުން ލޮކްޑައުންކޮށްފައިވާ ށ. ނަރުދޫގެ ހުރިހާ ގޭބިސީތަކުގެ މިމަހުގެ ކަރަންޓު ބިލު ށ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކަވައިފި އެވެ.

މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްރަށަށް ދަތުރުކުރި ނަރުދޫއަށް ނިސްބަތްވާ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވުމާއެކު އަދި ނަރުދޫގެ އިތުރު 11 މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އިރު އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ނަރުދޫގެ ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، އެރަށުގެ ހުރިހާ ގޭބިސީއެއްގެ މެއިމަހުގެ ކަރަންޓް ބިލް ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކަވާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަށް 38000 ރުފިޔާ އެވެ.

" ޑޮމެސްޓިކް ހުރިހާ ބިލެއް މެމްބަރު ރިޒާ ވަނީ ދައްކާފަ." އޮފިޝަލް ވިދާޅުވި އެވެ.

600 އެއްހާ ރައްޔިތުން ދިރިއުޅޭ ނަރުދޫގައި ހުންނަނީ 87 ގޭބިސީ އެވެ. ކޮވިޑްގެ ކޭސްތައް ފެށި ނަރުދޫ މޮނިޓަރިންގެ ހާލަތުގައި އޮއްވާ އެރަށުގެ ރައްޔިތުންނަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ އެއަތޮޅު ގޮއިދޫގެ ރައްޔިތުންނެވެ. އެއަށްފަހު އެއަތޮޅުގެ އެހެން ބައެއް ރަށްތަކުންވެސް ދިޔައީ އެރަށަށް ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ތަކެތި ހަދިޔާކުރަމުންވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293