twitterviber whatsapp telegramfacebookyoutube instagram
7th May 2025

އަފީފުއްދީން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

May 10, 2011

އިބްރާހިމް ހަމީދު

އަފީފުއްދީން ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މިގޮތުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އެސްކޫލުގެ މެނޭޖްމަންޓުން އިންތިޒާމް ކޮށްގެން ސްކޫލުގެ ހުރިހާ ގުރޭޑްތަކެއްގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް މިއަދު ހަވީރު 4:30 އިން 5:30 އަށް އެސްކޫލުގައި ކުޅިވަރު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ގޯނިރޭސް، ބޯޅަހޮވުން ، ދަޅުވެއްޓުން ފަދަ ކުޑަކުދިންގެ ތަފާތު ކުޅިވަރުތައް ކުރިއަށް ދިޔައެވެ

މިއަދު ކުރިއަށް ދިޔަ ހުރިހާ ހަރަކާތެއްގައިވެސް ހުރިހާ ގުރޭޑްތަކެއްގެ ކުދިން ބައިވެރިވެފައިވާ ކަމަށް އެސްކޫލުގެ ސްޕޯރޓްސް ސްޕަވައިޒަރ އިބްރާހިމް އައްބާސް މައުލޫމާތު ދެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355