twitterviber whatsapp telegramfacebookyoutube instagram
6th May 2024

މާލެ ފިޔަވައި ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރެވޭގޮތް ހަދަނީ

ނަބީލާ އިސްމާޢީލް
Jun 11, 2020

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

މިސްކިތްތައް ހުޅުވައިލަން މިހާރު ހުއްދަ ނުދީ އޮތީ މާލެގެ އިތުރުން ނ. މަނަދޫ އާއި ށ. ނަރުދޫ އެވެ. މަނަދޫ އާއި ނަރުދޫ ކުރިން މޮނިޓަރިންއަށް ލުމަށް ފަހު އެހާލަތު އުވައިލިތާ 14 ދުވަސް އަދި ހަމަނުވާތި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް، އޮންލައިން ބައެއް މީޑިއާތަކަށް ވިދާޅުވީ މޮނިޓަރިން އުވާލިތާ 14 ދުވަސް ހަމަ ނުވާތީ މިސްކިތްތައް ހުޅުވުމުގެ ހުއްދަ އަދި ނުދީ އޮތް ދެ ރަށަކީ ށ. ނަރުދޫ އާއި ނ. މަނަދޫ ކަމަށެވެ. މޮނިޓަރިން އުވާލި މުއްދަތު ހަމަވުމުން، އަންނަ ހޮނިހިރު ދުވަހު ނަރުދޫގައި ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު އަންނަ ހޯމަ ދުވަހުން ފެށިގެން މަނަދޫ ގައި ވެސް ޖަމާއަތުގައި ނަމާދުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން އެއްވެ އުޅުން މަނާކޮށް އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކެއް އިސްލާމިކް މިނިސްޓްރީން ކުރިން އާއްމުކޮށްފައިވާ އިރު މިސްކިިތަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތައް ނުދިއުން އަދި މިސްކިިތަށް ދާއިރު ގެއިން މުސައްލަ ހިފައިގެން ދިއުން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355