twitterviber whatsapp telegramfacebookyoutube instagram
6th April 2026

ދަނޑުވެރިކަމަށް ޔޫއެންޑީޕީން 1.4 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

Jun 12, 2020

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވާ ތަރައްގީ ކުރަން އެ ދާއިރާއަށް ޔޫއެންޑީޕީއިން 1.4 މިލިއަން ޑޮލަރު ގެ އެހީއެއް ދީފި އެވެ.

ޔޫއެންޑީޕީގެ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓު އެންޑް ޑިވެލޮޕްމަންޓް ދަ އެސްއެމްއީސް" ސީޑް ޕްރޮޖެޓްގެ ދަށުން ރާއްޖެއަށް ދިން މި އެހީތެރިކަން ފޯރުކޮށް ދޭނީ، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ގާއިމްކޮށްފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށެވެ.

އެހީގެ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު އެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއި ކުރެއްވީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ އެވެ.

މި އެހީ 2000 ފަރާތަށް ދިނުމަށް ހަމަޖެހިފައިވާއިރު ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށާއި ވިޔަފާރިތަކަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްތަކުގެ ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި ފަސްކޮށްދެއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355