ދުއްވާފައި ދިޔަ ޕިކަޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ކުޅުދުއްފުށި ސިޓީގައި ދެންމެ ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދެކުނު ގޯޅިން އަމީނީމަގަށް ނުކުންނަނިކޮށެވެ. އެސަރަހައްދުގައި ތިބި ބައެއް މީހުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ޕިކަޕްގައި އަލިފާން ރޯވީ ޕިކަޕްގެ ތެރެއިން ބާރުއަޑެއް އިވުމަށްފަހު ކަމަށެވެ.
އެ ވަގުތުގައި ޕިކަޕްގެ ޑްރައިވަރުގެ އިތުރުން އިތުރުން މީހަކު އިންކަމަށް މައުލޫމާތު ލިބި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް މައުލޫމާތު ލިބެ އެެވެ. އަލިފާން ރޯވީ ޕިކަޕްގެ އިންޖީނުގައި އެވެ. މި ހާދިސާ ހިނގިއިރު ޕިކަޕްގައި އެއްވެސް މުދަލެއް އަރުވާފައިނުވެ އެވެ.
ޕިކަޕްގައި ރޯވި އަލިފާންް ނިންވާލީ އެމްއެންޑީއެފްގެ ފަޔަރ މަނުންނެވެ.