twitterviber whatsapp telegramfacebookyoutube instagram
28th June 2026

ޒަކާތްބެހީ މިދިޔަ އަހަރުގެ ފަހުކޮޅު މުރާޖައާ ކުރި ލިސްޓަށް

Jun 22, 2020

ޒަކާތްބަހާފައިވަނީ މިދިޔަ އަހަރު ފަހުކޮޅު މުރާޖައާ ކުރި ލިސްޓަށް ކަމަށާއި އެ ލިސްޓަކީ މިދިޔަ އަހަރު ދެ ފަހަރަށް އަޕްޑޭޓް ކުރެވިފައިވާ ލިސްޓެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރޯދަ މަސް ކައިރިވެފައި ވަނިކޮށް ކޮވިޑާއި ގުޅިގެން ރަށް ރަށަށް ލިސްޓް ފޮނުވައިގެން އެ މަސައްކަތް ނުކުރެވޭނެ ކަމަށް ބަލައި ފަގީރުންގެ ލިސްޓް އަޕްޓޭޑް ނުކޮށް މިދިޔަ އަހަރުގެ ލިސްޓަށް ޒަކާތް ބަހަން ނިންމީ ކަމަށާއި ފިތުރު ޒަކާތް ބަހާފައި ވާނީ ހައްގުވެރިންނަށްކަމަށެވެ.

ރަށް ރަށުގެ ފަގީރުންގެ ލިސްޓް އެކުލަވާލަނީ ހުރިހާ ރަށަކަށް ފޯމް ފޮނުވައިގެން އެ ކައުންސިލްތަކުން ރަށުގެ މީހުން ލައްވައި ފޯމް ފުރައިގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކައުންސިލް ތަކުން މިނިސްޓްރީއަށް ފޯމް ފޮނުވުމުން އެ ރަނގަޅަށް ބެލުމަށްފަހު ލިސްޓް އެކުލަވާލަމުން ދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެގޮތުން 2019 ވަނަ އަހަރު އޮކްޓޯބަރ މަހު އެ ލިސްޓު އަޕްޑޭޓް ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 6.6 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީންއިން ވަނީ ބުނެފަ އެވެ. މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާއިން ބޮލަކަށް ޖެހެނީ 3800ރ. އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355