twitterviber whatsapp telegramfacebookyoutube instagram
8th July 2026

ހައްޖުގައި ބައިވެރިވެނޭނީ ސައުދީގައި ތިބި މީހުންނަށް އެކަނި

Jun 23, 2020

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ތިބި މީހުންނަށް އެކަނި ކަމަށް އެ ގައުމުން އިއުލާނުކޮށްފި އެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ތިބި މީހުންނަށް އެކަނި ކަމަށާ ފުރުސަތު ލިބޭނީ ކަނޑައަޅާ ވަކި މިންވަރަކަށް ކަމަށް ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ އޮފީހުން މިރޭ ވަނީ ބުނެފައެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ. އެ އޮފީހުން ބުނީ

ހައްޖުވުމުގެ ފުރުސަތު ސައުދީގައި މިވަގުތު ތިބި އެކި ގައުމުތަކުގެ މީހުންނަށް ފަހިކޮށްދޭނެ ކަމަށާއި ނަމަވެސް އެއީ ސައުދީން އެކި ގައުމުތަކަށް ކަނޑައަޅާ ވަކި އަދަދަ ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަަށް ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގައިދުރުކަމަށް އިސްކަންދީގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355