twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޭކުރަންދޫ ޖަލު މި ދައުރުގައި ނިމޭނެ: ހޯމް މިނިސްޓަރ

ނަބީލާ އިސްމާޢީލް
Jun 24, 2020

ނޭކުރަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލު މި ދައުރުތެރޭގައި އެރަށުގައި އަޅާނެކަމުގައި ހޯމް މިނިސޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހދ.ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހޯމް މިނިސްޓަރާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިޖަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައި ވީނަމަވެސް ބަޖެޓް ތަންދިން މިންވަރަކުން މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މި ޖަލަކީ ގައިދީންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ޖަލެއް ކަމުގައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޖަލުތަކަކީ ކުށްކުރާ މީހުންގެ އަދަބުތައް ތަންފީޒުކުރުމަށް ގާއިމްކުރެވޭ ތަންތަނަށްވީނަމަވެސް ސަރުކާރުން އެވިސްނުން ބަދަލުކޮށްފައިވާކަމަށެވެ. ޖަލުތަކަށް ލެވޭ މީހުންނަކީ ޖަލުގައި ރިހިބިލިޓޭޝަން ފަރުވާދެވި، މުޖުތަމައަށް އަނބުރާ އަވަހަށް ނެރެވޭ ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އެ މީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެދުން ކަމަށެވެ. އަދި މިހާރު އެޅުމަށް ނިންމާފައިވާ ޖަލުތަކާއި ކުރިއަށް އޮތްތަނުގައި އަޅާނެ ޖަލުތަކަކީވެސް މިވިސްނުމުގައި ސަރުކާރުން އަޅާނެ ޖަލުތަކަކަށް ވާނެކަމުގަ އެވެ.

ނޭކުރެންދޫގައި ޖަލު އެޅުމަށް ބިންކަނޑައެޅުނު ސަރަހައްދު ބެލުމަށް މިދިޔަ އަހަރު އެރަށަށް ގޮސް، ކައުންސިލާއިވެސް މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށާއި އެ މަސައްކަތައް މި އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނައި މަސައްކަތް ފެށުމަށް ފެބްރުއަރީ މަހު އެންވަޔަރަންމަންޓަލް އެސެސްމަންޓް ހެދުމަށް ބަޔަކާއި ހަވާލުކުރުމާއި ހަމަޔަށް ގޮސްފައިވަނިކޮށް ކޮވިޑްގެ ސަބަބުން އެމަސައްކަތް މެދުކަނޑާލަން ޖެހުނުކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަމާޒުކުރީ އިއީއައިއޭގެ މަސައްކަތް ނިންމާ ޖުލައި މަހު މަސައްކަތް ފެށުމަށް ކަމަށެވެ. ނަމަވެސް މިހާރު ވަނީ އަލުން މަޝްރޫއު މުރާޖާ ކުރަންޖެހިފަ ކަމަށެވެ. އަދި މި އަހަރުބަޖެޓް ހުރި މިންވަރަށް މަސައްކަތް ކުރެވޭނެ ކަމަށާއި މަސައްކަތް ފަށާތާ އަހަރެއް ތެރޭގައި ޖަލުގެ މަސައްކަތް ނިންމާ މީހުން ބަދަލު ކުރުމަކީ އަމާޒެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިޖަލުގައި ވޮކެޝަނަލް ޓްރައިނނިން، ރިހިބިލިޓޭޓް އަދި ތަމްރީން ޕްރޮގުރާމް ދެވޭނެ ގޮތަކަށް ހަމަޖެހިގެންދާނެ ކަމަށާއި މިވެރިކަމުގައި ޖަލު އަޅާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ނޭކުރަންދޫގައި ޖަލެއް އެޅުމަށް މިއަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355