އާސަންދަ އިން މި އަހަރުގެ މިހާތަނަށް 516 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްވައިފި އެވެ.
މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ހޭދަކުރީ 406 މިލިއަން ރުފިޔާ އެވެ.
މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ 110 މިލިއަން ރުފިޔާ އިތުރަށް މި އަހަރުގެ މިހާތަނަށް ވަނީ ހަރަދުކޮށްފަ އެވެ. އާސަންދައިގެ އިތުރުން ސަބްސިޑީ އާއި އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
އާސަންދައިގެ އިތުރުން ސަބްސިޑީ އާއި އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ. އެ ގޮތުން ދައުލަތުން މިހާތަނަށް 11.4 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މިދިޔަ އަހަރުގެ މިހާތަނަށް ހަރަދުވެފައި ވަނީ 10.7 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާ އަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ނަމަވެސް ސިއްހީ ދާއިރާގެ ޚަރަދުތައް މެނޭޖު ކުރުމަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީގެ އަންދާޒާ ދައްކާ ގޮތުން މި ހަރަދުތަކަށް "ސިނޭރިއޯ 3" ގެ ހާލަތު ކުރިމަތިވެއްޖެ ނަމަ 13-15 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބޭނުންވެ އެވެ.
ދައުލަތުގެ އާމްދަނީ އިންތިހާ އަށް ދަށްވެފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ހަރަދުތައް މެނޭޖު ކުރުމަށް 3.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.