twitterviber whatsapp telegramfacebookyoutube instagram
12th August 2026

ވަގަށް ނެގި އިންޖީނު ހޯދައި ދެ މީހަކު ހައްޔަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 5, 2020
10

ކުޅުދުއްފުށި ސިޓީގެ ލޯކަލް ބަނދަރުގެ ފަޅުގައި އަޅާފައިއޮތް ޑިންގީއެއްގައި ހަރުކޮށްފައި ހުރި އައުޓްބޯޑު އިންޖީނެއް ވަގަށްނަގާފައިވަނިކޮށް އެއިންޖީނު ހޯދައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ހަރުކޮށްފައިހުރި 25 ހޯސްޕަވަރުގެ ސުޒުކީ އިންޖީނެއް ވަގަށް ނަގާފައިވާކަމަށް މިދިޔަ ޖޫންމަހުގެ 29 ވަނަ ދުވަހު ހުށަހެޅުނު މައްސަލައާ ގުޅިގެންކަމަށް ފުލުހުން ހާމަކުރެ އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޖުލައިމަހު 2 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާ ވަގަށް ނެގި އިންޖީނު ހޯދާފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކެއްގެ ގެ ބަލައިފާސް ކޮށްގެން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355