twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނޮޅިވަރަމުގައި ހުރި މީހަކު ކޮވިޑަށް ފޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 9, 2020

ހދ ނޮޅިވަރަމުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެކަން އިތުބާރު ހުރި މަސްދަރުތަކުން ކޭއޯއަށް ވަނީ ޔަގީން ކޮށްދީފައި އެވެ.

ނަމަވެސް އެޗްއޯއީސީގެ ބަހެއް އެކަމުގައި އަދި ނުލިބެ އެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި ނޮޅިވަރަމުން ކޮވިޑް-19 ފޮޒިޓިވްވެފައިވަނީ މިމަހު 6 ވަނަ ދުވަހު މާލެއިން އެރަށަށް އައި 33 އަހަރުގެ ފިރިހެނެކެވެ. އެ މީހާގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިނުވާއިރު ހާލު ރަނގަޅުކަމަށް މައުލޫމާތުލިބެ އެވެ.

ނޮޅިވަރަމް މީހާ ދަތުރުކޮށްފައިވަނީ މިމަހު 6 ވަނަ ދުވަހު ކުޅުދުއްފުއްޓަށް އައި ފްލައިޓަކުންނެވެ. އެ މީހާއާއެކު އެ ފްލައިޓްގައި 6 މީހަކު ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ނޮޅިވަރަމަށް ނިސްބަތްވާ މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355