twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފިލައިގެންނާއި، ގެއްލިގެން އުޅޭ ބިދޭސީންގެ މައްސަލަ އޮންލައިންކޮށް ރިޕޯޓުކުރެވޭނެ

ނަބީލާ އިސްމާޢީލް
Jul 11, 2020

ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ހުށަހަޅާ އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގުރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ފޯމާއި އެހެނިހެން ލިޔެކިއުންތައް[email protected]އަށް އީމެއިލް ކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

މިފޯމް ހުށަހަޅާއިރު އެ ބިދޭސީ މީހާ އަކީ ބަރާބަރަށް މުސާރަ ދީފައި ހުންނަ މީހަކަށް ވާންވާނެ ކަމަށާއި، ވިސާ ފީ ވެސް ދުވަހުން ދުވަހަށް ދައްކާފައި ހުންނަ މީހެއްތޯ ބަލާނެ ކަމަށް އިމިގްރޭޝަން އިން ބުނެފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ފޯމް ހުށަހަޅާއިރު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ، ބިދޭސީ މީހާ ގެއްލުނުކަން ރިޕޯޓް ކުރާ ދުވަހާއި ހަމައަށް ވީސާ ފީ ދައްކާފައިވުމާއި، ވަޒީފާދިން ފަރާތުގެ އިގްރާރުގެ އިތުރުން ބިދޭސީ މީހާ ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމާއި ބިދޭސީ މީހާ ސޮއިކޮށްފައިވާ މުސާރަ ސްލިޕް ހުށަހެޅަން ޖެހެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލަ އަކީ ޒަމާނުންސުރެން ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެކެވެ. ގަވާއިދާ ހިލާފަށް 105،000 އެއްހާ ބިދޭސީން އުޅެމުންދާއިރު ދާދިފަހުން މީގެ ތެރެއިން 3000 އެއްހާ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355