twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެންމެން ކައްކަ ކައްކާފައި ވިއްކަނީ، ފޯރި އެބަހުރި!

ނަބީލާ އިސްމާޢީލް
Jul 24, 2020
4

ކޮވިޑް-19 އާ ގުޅިގެން ގިނަ އާއިލާތަކަށް ނޭދެވޭ އަސަރުކުރި އެވެ. އެކަމާ ހެދި އާމްދަނީ ދަށްވެ ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލި އެވެ. މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި އަމިއްލަ މަސައްކަތް ކޮށްގެން ދިރިއުޅޭ ފަރާތްތަކަށެވެ. އެހެން ވެ ބައެއް މީހުން އާމްދަނީ އިތުރުކުރުމަށް ގޭގައި ކުރެވިދާނެ މަސައްކަތްތައް ފެށި އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް މަސައްކަތަކީ ކެއްކުމެވެ. ތަފާތު ކާނާތައް ތައްޔާރުކޮށް ވިއްކުމެވެ.

މި މަސައްކަތުގައި ކުޅުދުއްފުށި ފާހަގަކޮށްލެވެ އެވެ. ގިނަ ބަޔަކު ލޮކްޑައުންގައި އެއްވެސް މަސައްކަތެއް ނެތި ގޭގައި ތިބެންޖެހުމުންނާއި އާމްދަނީ އިތުރުކުރުމަށް ފެށި މި މަސައްކަތް މިހާރު މިވަނީ ވަރަށް ބޮޑު ވައިގައި ހިފާލާފައި އެވެ. އެކި ގެތަކުގެ ބަދިގެ ތެރޭގެ ތަފާތު މީރު ރަހަތައް ކޮންމެ މީހަކަށްވެސް ބަލާލެވޭނެ ގޮތް މިވަނީ ވެފައި އެވެ. މީހައި އެންމެ ބޮޑަށް ފެނިގެން މިދަނީ ކަނބަލުންގެ ހީވަގިކަމެވެ.

ކެއްކުމުގެ ހުނަރަކީ ގިނަ ކަނބަލުންނަށް ފަރިތަ ހުނަރެކެވެ. އެކަމަކު މިހާރު އާއިލާގެ މެންބަރުންނަށް ކާނާ ތައްޔަރު ކުރުމުގެ ބަދަލުގައި އާމްދަނީ ހޯދާނެ މަގަކަށް މިއޮތީ އެކަން ބަދަލުކޮށްލާފަ އެވެ. މިހާރު ވައިގައި ހިފާފައި މިއޮތީ އެކި ވައްތަރުގެ ކާނާ ތައްޔާރުކޮށް ވިއްކުމެވެ. އެކި ކަހަލަ ވައިބާ ގްރޫޕްތައް ހަދައި ޓޭކް އަވޭ ހެދުމެވެ.

ހެނދުނުގެ ނާސްތާއިން ފެށިގެން ރޭގަނޑުގެ ކެއުމާ ހަމައަށް އަންނަނީ ގޭގެ އަށް ޑެލިވަރީކޮށްދެމުންނެވެ. އެގޮތުން ތައްޔާރުކުރާ ކާނާގެ ތެރޭގައި ކޭކް، ބޯކިބާ، އެކި ވައްތަރުގެ ބަތް، ނޫޑުލިސް، ބިރިޔާނި، ރޮށި، ފަޅޯ މަޖާ، ހެދިކާ، ކުޅި ރޮށި، މަސްމިރުސް، އަސާރަ، މަސް މިރުސް، ތެލުލި ފަތް، ރިހާކުރު މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ވަރަށް ގިނަ ބާވަތްތައް އެކި އެކި ވައިބާ ގުރޫޕްތަކުން ފެނެ އެވެ. ނުލިބޭނެ ރަހައެއް ނެތެވެ.

ބޮޑެތި ކެއުންތަކާއި ދިވެހި ވަންތަން ކެއުންތަކާއި ޒަމާނީ ކެއުންތައްވެސް ބައިވަރެވެ. ހުކުރު ދުވަހު ހާއްސަ މަސްބޮޑުވެސް މިއޮތީ އެވެ. ކުޅުދުއްފުއްޓަށް ހާއްސަ ހާލު ފޮޅި އާއި ސިއްހަތަށް ފައިދާ ހުރި ޑައިޓް ކެއުންތައްވެސް މިއޮތީ އެވެ. އޯޑަރު ކުރި ވަރެކެވެ. މިވެރިން މިތިބީ އުފަލުން ހިދުމަތުގައި އެވެ.

މި މަސައްކަތް ކުރާ ފަރާތަކާއި ވާހަކަ ދައްކާލުމުން ބުނީ މިއީ ކެރިގެން ހިތްވަރާއެކުކޮށްފިނަމަ ރަނގަޅު މަސައްކަތެއް ކަމަށެވެ. އާމްދަނީ ހޯދުމަށްވެސް ރަނގަޅު މަސައްކަތެކެވެ. އެކަމަކު ބައެއް ފަރާތްތަކުން ބުނީ މި މަސައްކަތް ކުރާ ފަރާތްތަކުން އިންތިހާއަށް މިހާރު ގިނަވުމުން އެންމެ ރަނގަޅަށް ފައިދާ ނުލިބޭ ކަމަށެވެ.

"އަޅުގަނޑު މި މަސައްކަތް ކުރާތާ ގާތް ގަނޑަކަށްވީ އަދި 3 މަސްދުވަސް، ގޭގަ އިނދެގެން ކޮށްލަން ހަމަ ވަރަށް ރަނގަޅު ކަމެއް. ރަނގަޅު އެއްޗެށް ހަމަ ލިބޭ ކުރެވިއްޖެޔާ." ކާބޯތަކެތި ތައްޔާރުކުރުމުގައި އުޅޭ އަންހެނަކު ބުންޏެވެ.

ކާތަކެތި ވިއްކުމުގައި އެންމެ ފާހަގަ ކޮށްލެވުނު ވައިބާރ ގުރޫޕަކީ "ކުޅުދުއްފުށީ މަލާފަތް" ވައިބަރ ގުރޫޕެވެ. މި ގުރޫޕަކީ ކޮންމެ ފަރާތަކަށްވެސް ކާ އެއްޗެހި ތައްޔާރުކޮށް ވިއްކުމަށް އިސްތިހާރުކޮށްލެވޭ ގުރޫޕެކެވެ. ދާދި ފަހުން ހެދި މި ގުރޫޕްގައި މިހާރު 1400 ވުރެގިނަ މެމްބަރު ތިބިއިރު ކޮންމެ ދުވަހަކުވެސް މި ގުރޫޕަށް އަންނަނީ ކެއުންތަކަށް އޯޑަރު ދިނުމަށްވެސް ފުރުސަތު ހުޅުވާލަމުންނެވެ.

ގުރޫޕަކަށް ނުލެވުނު ކަަމަށް ވަކި ވަކިންވެސް ކަނބަލުންގެ މަސައްކަތް އިސްތިހާރު ކުރުމުގައި ހިތްވަރު އެލުވައެއްނުލަ އެވެ. މި ގުރޫޕް ހާއްސަކޮށްފައިވަނީ މި ރަށުގައި ތައްޔާރުކުރާ ކާނާގެ ބާވަތަށް ވިއްކުމަށެވެ. ނަން ހުސްކޮށް ތަކެތި އަޅާލާފައި އޮވެ އެވެ. ތަފާތު ގިނަ އެހާރާއި މިހާރުގެ ފޮނި ބާވަތްތައްވެސް އެހާ ގިނަ އެވެ. ހެދިކާއަށް ބެލިޔަސް ނަން ހުސްކޮށެވެ. ހަމަ ކުޅު ދިޔާކޮށްލާނެ އެވެ.

ކޮންމެ ދުވަހަކު އެތައް އެއްޗެއް މި ގޮތަށް ތައްޔާރުކޮށްލުން ފަސޭހަ އަދި ލުއި ކަމަށް ނުވާނެއެވެ. ބުރަ އަދި ވަގުތު ހޭދަވާނެ މަސައްކަތެކެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ކެރިގެން ކުރިމަތިލައިފި ނަމަ ކާމިޔާބުވާނެ އެވެ. ކޮންމެ އަކަސް މިހާރު ކުޅުދުއްފުށީގައި އެންމެ ފޯރިގަދަކޮށް މިދަނީ މިކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355