"ގުޅީފަޅު މަޝްރޫއު" ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް ބަދަލު ދިނުމުގެ އެގްރީމަންޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށަފައިފިއެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓަރކްޗަރ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށްމި މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.
ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި މަސައްކަތް މިނިސްޓްރީގައި ކުރިއަށްދާނެ. pic.twitter.com/zN1fpZ8IbQ
— Min.of National Planning, Housing & Infrastructure (@MoNPImv) July 20, 2020
ގުޅީފަޅުގެ މަޝްރޫއު އަކީ 2010 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ. މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި އޮތީ 2016 ވަނަ އަހަރުގެ ނިޔަލަށެވެ.
ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ގުޅިފަޅުން ފުލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ހުޅުމާލެއިން ފުލެޓު ދޫކުރާނެ ކަމަށް ބުނި ނަމަވެސް އެ ފަރާތްތަކަށް ފުލެޓު ދީފައެއް ނުވެއެވެ.