twitterviber whatsapp telegramfacebookyoutube instagram
7th September 2025

ކައުންސިލް އިންތިހާބުން ނަން ނެގި އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދު ހަތަކަށް

ޚަދީޖާ އާދަމް
Jul 24, 2020

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް އެމްޑީޕީގެ ހަތް ކެންޑިޑޭޓަކު ނަން ނަގައިފި އެވެ.

މިހާތަނަށް 24 ކެންޑިޑޭޓަކު ނަން ނަގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ހަތް ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ކެންޑިޑޭޓެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 15 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

އެ ކޮމިޝަނުން ގެންދަނީ ކޮންމެ ހަފްތާއަކުވެސް ނަން ނަގާ ކެންޑިޑޭޓުންގެ މައުލޫމާތު ގެޒެޓް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355