twitterviber whatsapp telegramfacebookyoutube instagram
8th July 2026

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ހުއްޓުވުމަށް މަޝްވަރާކޮށްފި

ޚަދީޖާ އާދަމް
Jul 24, 2020
1

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން އްޓުވުމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރީއާއި ފުލުހުން މަޝްވަރާކޮށްފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް ދަތުރުކުރުން ހުއްޓުވުމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ފުލުހުންގެ އިސްވެރިންނާ އެކު ބޭއްވި މަޝްވަރާގައި ކަނޑު ދަތުރުފަތުރުގެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރަށްރަށުގައިވެސް ދަނީ އުޅެމުންނެވެ. އެ މީހުން ގެންދަނީ ގަވާއިދާ ހިލާފަށް ރަށްރަށުގައި ދަނޑުތައް ހަދާ ވިޔަފާރިވެސް ކުރަމުންނެވެ.

ސިފައިން ހޯދާފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ރާއްޖޭގައި 250،000 ވުރެ ގިނަ ބިދޭސީން އުޅެއެވެ. ރާއްޖޭގައި 179،954 ބިދޭސީން ރަޖިސްޓަރީ ވެގެން އެބަ އުޅެއެވެ. އަދި 66،000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355