twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސީންނަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދީފި

ނަބީލާ އިސްމާޢީލް
Jul 25, 2020

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެމީހެއްގެ ގައުމަށް އަމިއްލައަށް ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރުތަކަށް ވައިގެ ބަނދަރު ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާއާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވެފައި ތިބި ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފަސޭހަކަމާއެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އިމިގުރޭޝަނުން ބުނީ އަމިއްލަ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، 24 ޖުލައި އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއިން ފުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު (IM07) ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއާޕޯޓް އިމިގްރޭޝަން ހުށަހެޅުމުންނެވެ.

ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަނބުރާ ގައުމަށްދާން ބޭނުންވެފައިތިބި 4000 އަށްވުރެން ގިނަ ބިދޭސީން މިހާތަނަށް ސަރުކާރުން ފޮނުވާލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355