twitterviber whatsapp telegramfacebookyoutube instagram
2nd May 2026

ތްރީ މެން އެންޑް އަ ބޭބީގެ ރީމޭކުގެ ރޯލެއް ޒެކަށް

ޚަދީޖާ އާދަމް
Aug 11, 2020

1987 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމު "ތްރީ މެން އެންޑް އަ ބޭބީ" ގެ ރީމޭކެއް ހެދުމަށް ހަމަޖެހިފައިވާއިރު އެ ފިލްމުގެ ރޯލެއްގައި ޒެކް އެފްރޮން ފެނިގެންދާނެއެވެ.

ޑިޒްނީ ޕްލަސް އަދި ޑިޒްނީ ލައިވް އެކްޝަން ޑިވިޝަންއާއި ގުޅިގެން މި ފިލްމު ޕްރޮޑިއުސް ކުރަނީ ބެން އެފްލެކާ އެކު "ދަ ވޭ ބެކް" ގެނެސްދިން ކާމިޔާބު ޕްރޮޑިއުސަރު ގްރޮޑޮން ގްރޭއެވެ.

މި ފިލްމުގެ ރޯލެއް ޒެކަށް ލިބިފައިވާއިރު އޭނާ ހޮލީވުޑަށް ތައާރަފްވެސް ވެފައިވަނީ ޑިޒްނީގެ ކާމިޔާބު ފިލްމު ދަ ހައިސްކޫލް މިއުޒިކަލްއިންނެެވެ.

ފިލްމުގެ ސްކްރިޕްޓްވެސް ނިމިފައިވާއިރު ސްކްރިޕްޓް ލިޔެފައިވަނީ ވިލް ރީޗެލްއެވެ.

ލީޑު ރޯލުން ޓޮމް ސެލެކް، ސްޓީވް ގްޓެންބާރގް އަދި ޓެޑް ޑެންސަން ފެނިގެން ދިޔަ ތްރީ މެން އެންޑް އަ ބޭބީ ކާމިޔާބާއެކު 1990 ގައި ވަނީ ތްރީ މެން އެންޑް އަ ލިޓްލް ލޭޑީގެ ނަމުގައި އިތުރު ފިލްމެއްވެސް ގެނެސްދީފައެވެ.

ޒެކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑައުން ޓު އާތު ސީރީޒުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355