twitterviber whatsapp telegramfacebookyoutube instagram
23rd February 2026

ތަރައްގީގެ މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފި

Aug 11, 2020
1

ތަރައްގީގެ މަޝްރޫއުތައް ހިންގަން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

މި އަހަރު ޕީއެސްއައިޕީގެ ބަޖެޓުން ހޭދަކުރަން ކަނޑައަޅާފައިވަނީ 10.4 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަައް ދައްކާ ގޮތުގައި މި އަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި ތިން ބިލިއަން ރުފިޔާގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ބޮޑު ބަޔަކީ ރަށްރަށުގައި ހިންގާ ބަނދަރު ހެދުމުގެ މަސައްކަތް ތަކެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ޕީއެސްއައިޕީގެ އާ މަޝްރޫއުތައް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ޖުލައި 23 ގެ ނިޔަލަށް އާއްމު ކުރި ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ޕީއެސްއައިޕީ އިން މިހާތަނަށް 2.3 ބިލިއަން ރުފިޔާ ވަނީ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355