twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެސް.އެމް.އެސް މެދުވެރިކޮށް ޔޫއެސް ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ބެލުމުގެ ޚިދުމަތް ދިރާގުން ތަޢާރަފްކޮށްފި

May 12, 2011

އެސް.އެމް.އެސް އެއް ފޮނުވައިގެން ޔޫއެސް ޑޮލަރ އެކްސްޗޭންޖް ރޭޓް ބެލުމުގެ ޚިދުމަތް ދިރާގުން ތަޢާރަފް ކޮށްފިއެވެ.

އެޕްރީލް 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ޑޮލަރު ގަނެވޭ އަގު މާކެޓްގައި ފްލޯޓް ކުރުމާއި ގުޅިގެން، ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް ފަސޭހައިން ކަސްޓަމަރުންނަށް އެނގޭނޭ ގޮތް ހެދުމުގެ ގޮތުން މިޚިދުމަތް ތަޢާރަފް ކުރުމުން އެސް.އެމް.އެސް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުންނަވައިގެން ކޮންމެ ވަގުތެއްގައިވެސް ޔޫއެސް ޑޮލަރ އެކްސްޗޭންޖް ރޭޓް ބައްލަވާލެއްވޭނެއެވެ.

ދިރާގުގެ މާކެޓިންގ، ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ އެސް.އެމް.އެސް އަކީ މުޢާމަލާތް ކުރުމުގެ އެންމެ މަގުބޫލު އެއްވަސީލަތް ކަމަށްވުމާއެކު މިހިދުމަތް ފޯރުކޮށްދިނުމުން ވަރަށް ފަސޭހަކަމާއިއެކު ޔޫއެސް ޑޮލަރ އެކްސްޗޭންޖް ރޭޓް ބައްލަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެކަމަށެވެ.

މި ހިދުމަތް ހޯއްދެވުމަށް އީއާރު ޖެއްސެވުމަށްފަހު 240 އަށް އެސް.އެމް.އެސްއެއް ފޮނުވާލުމުން ނުވަތަ ދިރާގު މޯބައިލް ‘ސެލްފް ކެއަރ މެނޫ’ #123* ގެ އިންފޮމޭޝަން ސެކްޝަނުން ޔޫއެސް ޑޮލަރ އެކްސްޗޭންޖް ރޭޓުގެ ފުރިހަމަ މައުލޫމާތު ލިބޭނެއެވެ. މީގެ އިތުރުން #1*8*2*123* އަށް ޑައިލް ކޮށްލެއްވުމުންވެސް އެންމެ ފަހުގެ ޔޫއެސް ޑޮލަރ ރޭޓް ލިބޭނޭގޮތަށް ދިރާގުން ވަނީ ހަމަޖައްސައިފައެވެ.

މި ހިދުމަތް ހޯއްދެވުމަށް 240 އަށް ފޮނުއްވާ ކޮންމެ އެސް.އެމް.އެސް އަކަށް ނުވަތަ މޯބައިލް ސެލްފް ކެއަރ މެނޫއިން ޔޫއެސް ޑޮލަރ އެކްސްޗޭންޖް ރޭޓްގެ ހިދުމަތް ހޯއްދަވާ ކޮންމެ ފަހަރަކު 1 ރުފިޔާ ޗާޖުކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355