twitterviber whatsapp telegramfacebookyoutube instagram
19th September 2025

ނެގެޓިވް ކޮމެންޓްތަކުން ހިތްވަރު ލިބިގެން ދީޕިކާ ޖިމްއަށް

ނަބީލާ އިސްމާޢީލް
Aug 12, 2020

ހިންދީ ޑްރާމާ ސީރީސްއިން ފޭނުންގެ މަގުބޫލުކަން ހޯދާފައިވާ ދީޕިކާ ސިންގ ބުނީ އޭނާ ޖިމްއަށްދިއުމަށް ހިތްވަރަކަށްވީ ލިބުނު ނެގެޓިވް ކޮމެންޓްތަކުގެ ސަބަބުން ކަމުގަ އެވެ.

ދީޕިކާ އީޓައިމްސް ޓީވީގައި ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅު ސޯހަމް ވިހެއުމަށް ފަހު 73 ކިލޯ އަށް ބަރުދަން އިތުރުވި ކަމަށެވެ. އަދި އޭނާ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި އަމިއްލަ ފޮޓޯ އަޕްލޯޑް ކުރާ ކަމަށާއި އުފަން ދުވަހު އަޕްލޯޑް ކުރި ފޮޓޯ ތަކަށް މީހުން އެވެސް ވިސްނުމެއް ނެތި ފާޑު ފާޑު ކޮމެންޓް ކުރި ކަމަށެވެ.

ބައެއް މީހުން ބުނަމުންދިޔައީ އޭނާ ކަހަލަ މަޝްހޫރު އެކްޓްރެސް އެއް މިހާރު ހުރި ގޮތް ވިސްނާލުމަށާއި އޭނާއަށް ދެން އެއްވެސް ރޯލަކުން ޖާގަ ނުލިބޭނެ ކަމަށެވެ. އެއްވެސް ޑައިރެކްޓަރަކު އޭނާއެކު މަސައްކަތް ކުރަން މިހާރުބޭނުން ނުވާނެ ކަމަށެވެ.

އޭނާ ބުނީ އެ ނެގެޓިވް ކޮމެންޓް ތަކުން ހިތްވަރު ހޯދައިގެން ގަވައިދުން ޖިމްއަށް ދާން ފެށި ކަމަށެވެ. ނަމަވެސް އެ ނެގެޓިވް ކޮމެންޓްތަށް ވަރަށް ސީރިއަސް ކޮށް ނެގިން ކަމަށެވެ. އަދި އެ ނެގެޓިވް ކޮމެންޓް ތަކުގެ ސްކުރީން ސޮޓް ނެގުމަށްފަހު ފޯނުގެ ވޯލް ޕޭޕަރ ގައިވެސް ބެހެއްޓި އެވެ.

އެވެސްދުވަހެއްގައި ޖިމްއަށްދާހިތް ނުވެއްޖެ ނަމަ އެ މެސެޖްތައް ފެނުމުން ހިތްވަރު ލިބޭ ކަމަށެވެ. ޖިމްގެ ކަސްރަތުގެ އިތުރުން ޑައިޓްވެސް ކުރިކަމަށް ދީޕިކާ ބުންޏެވެ.

އޭނާ ދެކޭގޮތުގައި މަންމައަކަށް ވުމަކީ ފިލްމީ ދާއިރާ ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355