twitterviber whatsapp telegramfacebookyoutube instagram
12th February 2026

އުރީދޫއިން ކުޅުދުއްފުށީގައި ޑިޖިޓަލް ލިޓްރެސީ ޕްރޮގްރާމެއް ބާއްވައިފި

Aug 12, 2020

އުރީދޫއިން ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ޑިޖިޓަލް ލިޓްރެސީ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ހިންގައިފި އެވެ.

މިމަހުގެ 8 ވަނަ ދުވަހު އުރީދޫއިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ގެ މަގުސަދަކީ ފަހުގެ ޓެކްނޮލޮޖީތަކަށް ދޮށީ އުމުރުފުރައިގެ މީހުން އަހުލުވެރިކޮށް އެފަދަ ވަސީލަތްތައް ބޭނުން ކުރާނެ ގޮތް ދަސްކޮށްދިނުމެވެ.

އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން ސްމާޓް ފޯން ބޭނުން ކުރާނެގޮތާއި، ފޯނުން މެސެޖުކޮށް، ފޮޓޯ ނެގުންފަދަ ކަންކަން ދަސްކޮށްދީފަ އެވެ. މީގެ އިތުރުން މުހިއްމު އެޕްލިކޭޝަންތަކާއި، އޮޅުވާލައިގެން ފައިސާ ހޯދުން ފަދަ ކަންކަމާމެދުވެސް މައުލޫމާތު ދީފައި ވެއެވެ.

އުރީދޫއިން ބުނީ މިހާރު ދިމާވެފައި މިވާ ޕެންޑެމިކްގެ ހާލަތުގެ ތެރޭގައި ޓެކްނޮލޮޖީ މުހިއްމު އެއްޗަކަށް ވެފައިވާއިރު ދޮށީ އުމުރުގެ މީހުން ޑިޖިޓަލް ޕްލެޓްފޯމަށް އަހުލުވެރިކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ޑިޖިޓަލް ލިޓްރެސީ ޕްރޮގްރާމެއް އުރީދޫއިން ފުރަތަމަ ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން ލ. ގަމުގައިވެސް ވަނީ މިއަހަރު މި ޕްރޮގްރާމު ހިންގާފައެވެ. އުރީދޫއިން ބުނީ އަމާޒަކީ ކުރިއަށް އޮތްތަނުގައި މިފަދަ އެހެން ޕްރޮގްރާމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355