twitterviber whatsapp telegramfacebookyoutube instagram
28th March 2026

ކަރީނާއާއި ސައިފަށް ދެވަނަ ކުއްޖަކު ލިބޭކަން އިއުލާންކޮށްފި

Aug 13, 2020

ކަރީނާ ކަޕޫރު ބަނޑުބޮޑުކަމަށް ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެފައިވާއިރު މި ހަަބަރަކީ ތެދު ހަބަރެއްކަން މިވަނީ ޔަގީންކޮށްދީފި އެވެ.

ދެ ތަރިން ނެރުނު ބަޔާނެއްގައި ބުނީ އިތުރު ކުއްޖަކު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ އިތުރުން ކަރީނާގެ ބައްޕަ ރަންދީން ކަޕޫރުވެސް ވަނީ ނޫހަކަށް ދިން އިންޓަވިއުއެއްގައި މިއީ ވަރަށް އުފާވެރި ހަބަރެއްކަމަށްބުނެފައެވެ.

މިދިޔަ ޑިސެންބަރު މަހު މުމްބާއި މީރާއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ދެވަނަ ކުއްޖަކު ހޯދަން ނުވިސްނާކަމަށް ވަނީ ބުނެފައެވެ. އަދި އެ ދެތަރިން ފުރަތަމަ ދަރިފުޅު ތައިމުރުއާއެކު ވަރަށް އުފާވެރިކަމަށްވެސް ވަނީ ބުނެފައެވެ.

އަދި ތައިމުރު ލިބުމަށްފަހު އަމިއްލަ ދިރިއުޅުމާއި މަސައްކަތް ބެލެންސް ކުރަމުން އަންނަ އިރު ދެވަނަ ކުއްޖަކު ހޯދުމަށް ހިޔާލު ނުކުރާކަމަށްވެސް ކަރީނާ ބުނެފައި ވެއެވެ.

ކަރީނާ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އާމިރު ޙާންއާއެކު ލާލް ސިންގް ޗައްޑާގައެވެ. މި ފިލްމު މި އަހަރު ޑިސެންބަރު މަހު ރިލީޒްކުރަން ކުރިން ހަމަޖެހުނު ކަމަށް ވިއަސް ކޮވިޑާއި ގުޅިގެން ޑިސެންބަރު 2021 އަށް ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ.

ސައިފްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބޫތް ޕޮލިސް، ބަންޓީ އޯރު ބަބްލީ 2 އަދި އެމެޒޯން ޕްރައިމްގެ ޝޯ ދިލީގެ އެބައޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355