twitterviber whatsapp telegramfacebookyoutube instagram
25th June 2026

މަޝްހޫރު ގޭމް "ފޯޓްނައިޓް" އެލަޕް ސްޓޯރުން ނަގައިފި

ޚަދީޖާ އާދަމް
Aug 16, 2020
1

2017 ވަނަ އަހަރު އެޕިކް ގޭމްސްއިން ނެރުނު ކާމިޔާބު ގޭމް "ފޯޓްނައިޓު" އެޕަލް ސްޓޯރުން ރިމޫވްކޮލައިފި އެެވެ.

މި ގޭމް އެޕަލް ސްޓޯރުން ރިމޫވްކޮށްލީ ދާދިފަހުން އެ ގޭމަށް ގެނައި އަޕްޓޭޑަކާއިއެކު ގޭމް ކުޅެމުންދާ އިރު ލިބޭ ކަރަންސީން ލެވެލްތައް ގަތުމަށް އެ ގޭމް އުފެއްދި އެޕިކް ގޭމްގެ އެޕްލިކޭޝަނުން ސީދާ ގަނެގެން ބޭނުން ކުރާނަމަ އަގުހެޔޮކޮށް ކުޅެވޭގޮތަށް ބަދަލުކުރުމުންނެވެ.

އެޕިކުން ވަނީ އެޕަލް ސްޓޯރުން ގޭމް ރިމޫވްކޮށްލިތާ ކުޑައިރުކޮޅެއް ތެރޭ ލީގަލް ޑޮކިއުމެންޓްވެސް ފައިލްކޮށްފައެވެ. އެހެންކަމުން މި މަައްސަލަ ކުރިން ވެސް ޖެހިދާނެކަން އެ ކޮމްޕެނީ ވަނީ އަންދާޒާކޮށްފައެވެ.

މި މައްސަލާގައި އެޕަލްއިން ބުނީ އެ ގޭމް ސްޓޯރުން ރިމޫވް ކޮށްލަންޖެހުނީ އެޕިކް ގޭމްސްއިން އެޕަލް ސްޓޯރުގެ ގައިޑްލައިންތަކާއި ހިލާފުވެފައިވާތީ އެވެ. އެޕަލް ސްޓޯރުން ގޭމް ރިމޫވްކޮށްލިތާއި ކުޑައިރުކޮޅެއްފަހުން ގޫގުލް ޕްލޭއިންވެސް ވަނީ ގޭމް ރިމޫވްކޮށްލާފައެވެ.

އެހެން ނަމަވެސް އެންޑްރޮއިޓް ފޯނުތަކަށް ފަސޭހައިން މި ގޭމް އެޕިކް ގޭމްސްއިން ނަގައިގެން ކުޅެވޭނެކަމަށް އެޕިކު ގޭމްސްއިން ވަނީ ބުނެފައެވެ. އަދި އެޕަލް ޔޫސަރުންނަށް ގޭމްގެ ކުރީގެ ވާސަން އަދިކުޅެވޭނެ ކަމަށާއި ނަމަވެސް އަޕްޑޭޓްކުރަން އެރުމަށްފަހު ބައެއް ފީޗާރސްތައް ގެއްލޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355