twitterviber whatsapp telegramfacebookyoutube instagram
1st July 2026

ފަހު ދެ ސީޒަންގައި ޕްރިންސް ފިލިޕް ގެ ރޯލަށް ޖޮނަތަން

ޚަދީޖާ އާދަމް
Aug 18, 2020

ނެޓްޕްލިކްސްގެ ކާމިޔާބު ސީރީޒް "ދަ ކްރައުން" ގެ ސީޒަން 5 އަދި 6 ގައި ޕްރިންސް ފިލިޕްގެ ރޯލަށް ޖޮނަތަން ޕްރީސް ހަމަޖައްސައިފި އެވެ.

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ މި ސީރީޒްގެ މިއީ އެންމެ ފަހު ދެ ސީޒަނެވެ. އެގޮތުން މި ސީޒަންގައި ދައްކާނީ 1990 ގެ އަހަރުތަކުގެ ހާދިސާތަކާއި 2000 ގެ ކުރީކޮޅުގެ ހާދިސާތަކެވެ.

ޖޮނަތަން ވަނީ ނެޓްފްލިކްސްގެ "ދަ ޓޫ ޕޮޕްސް" ގައި ދެއްކި މޮޅު އެކްޓިންގެ ސަބަބުން އޮސްކާއަށްވެސް ނޮމިނޭޓުވެފައެވެ. އޭނާ ބުނީ ދަ ޓޫ ޕޮޕްސްއަށް ފަހު ނެޓްފްލިކްސްގެ އިތުރު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް އިތުރު އުފާވެރިކަމެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.

ފަހު ދެ ސީޒަންގައި ޕްރިންސެސް ޑަޔާނާ އަދި ޕްރިންސް ޗާރލްސްގެ ވަކިވުމާއި، ޕްރިންސް އެންޑްރޫ އައި ސާރާ ފްރެގްސަންގެ ކައިވެނީގައި ދިމާވި މައްސަލަތަކުގެ އިތުރުން ޑާޔަނާގެ މަރުގެ ހާދިސާއާއި ވިންޑްސޯރ ކާސަލްގައި ހިނގި އަލިފާނުގެ ހާދިސާވެސް ދައްކާނެކަމަށް ހަބަރުތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355