twitterviber whatsapp telegramfacebookyoutube instagram
16th August 2026

އިހަވަންދޫން ޕޮޒިޓިވްވި އެންމެ ރަނގަޅު ވެއްޖެ

ޚަދީޖާ އާދަމް
Aug 23, 2020

ހއ އިހަވަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެ ބަލިން ރަނގަޅުވެފައިވާ ކަމަށް އެރަށު އަމިނަދިޔޯ ހެލްތު ސެންޓަރުން ބުނެފިއެވެ.

އެރަށުން ކޮވިޑަށް 5 މީހަކު ޕޮޒިޓިވްވިއެވެ. އެރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެރަށު "242" ގެ ފަޅުވެރިއެކެވެ. އެއާށްފަހު އެރަށު "ތަހުތު" ބޯޓުގެ ފަޅުވެރިންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން ބަލިން ފަސޭހަ ވެގެން ދޫކޮށްލާފައިވަނީ ތަހުތު ބޯޓުގެ ދެ ފަޅުވެރިންނެވެ.

އެރަށު އާމިނާދިޔޯ ސިއްހީމަރުކަޒުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިހަވަންދޫން ކޮވިޑަށް ޕޮޒިޓިވް ވި އެންމެން މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

އިހަވަންދޫގެ މި ދެ ބޯޓަކީވެސް މުދާ އުފުލާ ދެ ބޯޓަށް ވާއިރު ހއ، އަދި ހދ ގެ ގިނަ ރަށްތަކަށް ބޯޓުދަތުރު ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355