twitterviber whatsapp telegramfacebookyoutube instagram
15th November 2026

ޗެމްޕިއަންސް ލީގުގެ ތަށި 6 ވަނަ ފަހަރަށް ބަޔާން އުފުލާލައިފި

ޚަދީޖާ އާދަމް
Aug 24, 2020

ރޭ ޗެމްޕިއަންސް ލީގުގެ ކުޅުނު ފޯރިގަދަ ފައިނަލް މެޗްގައި ބައްދަލުކުރީ ފްރާންސް ގެ މި ސީޒަންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިން އަދި ޖަރުމަން ލީގުގެ ޗެމްޕިއަން ބެޔާން މުނިޗް އެވެ. ޕޯޗުގަލްގެ އެސްޓާޑިއޯ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗް ގައި ދެ ޓީމުންގެ ފަރާތުން ވެސް ވަނީ ވާދަވެރި ކުޅުމެށް ފެނިގެން ގޮސްފައެވެ. 0-1 ގެ ނަތީޖާ އަކުން މެޗް ކާމިޔާބު ކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީ ބަޔާނުންނެވެ.

މެޗް ގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗް ގެ 59 ވަނަ މިނަޓް ގައި ބަޔާންގެ ހަލުވި ވިންގަރ ކިންގްސްލޭ ކޯމަން އެވެ. މިއީ ބެޔާންގެ ހުނަރުވެރި ޑިފެންޑަރ ޖޯޝުއާ ކިމިޗް ޕީއެސްޖީ ގެ އޭރިއާ ތެރެޔަށް ހުރަސް ކޮށްލި ބޯޅައަކުން ކޯމަން ބޮލުން ގޯލުގެ ތިރީ ކަނަށް ވައްދާލި ގޯލެކެވެ. މިލަނޑުގެ ކުރިން ޕީ.އެސް.ޖީ އަށް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ފުރުސަތުތަށް ލިބި ބޭނުން ކުރެވޭ ގޮތް ނުވެފަ އެވެ.

މިމެޗް ގައި ލަނޑެއް ނުޖެހުނު ކަމުގައިވިޔަސް ޖުމުލަ 12 ލަނޑު ކާމިޔާބު ކޮށް ރަންބޫޓް ހާސިލް ކުރީ ބަޔާންގެ ފޯވަޑް ރޮބާޓް ލެވަންޑޮސްކީ އެވެ. ބަޔާން ފައިނަލުގެ ޖާގަ ހޯދީ ސެމީގައި ލިޔޯން އަތުން 0-3 އިން މޮޅުވެގެންނެވެ. އަދި ޕީ.އެސް.ޖީ ފައިނަލަށް އައީ ރބ.ލެއިޕްޒިގ ހަމަ 0-3 ގެ ނަތީޖާއަކުން ބަލި ކޮށްފައެވެ.

މި ތަށްޓާއެކު ބަޔާން މިއުނިކް ޗެމްޕިއަންސް ލީގު 6 ފަހަރު ކާމިޔާބު ކުރި އިރު ޕީ.އެސް.ޖީއަށް މި މުބާރާތުގެ ތަށި އުފުލާލެވޭގޮތް އަދި ވަނީ ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293