twitterviber whatsapp telegramfacebookyoutube instagram
12th September 2026

ވިރާޓާއި އަނުޝްކާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި

ޚަދީޖާ އާދަމް
Aug 27, 2020

އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އަންހެނުން އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާގެ ކައިވެންޏަށް 3 އަހަރުވެފައިވާއިރު އެ ދެ މަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

ޑިއު ޑޭޓާއެކު އެކަން މިއަދު ވަނީ އެ ދެމަފިރިންވެސް ޓްވިޓާގައި އިއުލާންކޮށްފައި އެވެ.

އަނުޝްކާއާއި ވިރާޓް ކައިވެނިކޮށްފައިވަނީ އެކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު 2017 ވަނަ އަހަރު އިޓަލީގައެވެ. އެމީހުން ރައްޓެހި ވެގެން އުޅޭކަން 2014 ވަނަ އަހަރު މީޑިޔާއަށް ތިލަވުމުން އަނުޝްކާވަނީ ދެމީހުން ރައްޓެހި ވެގެން އުޅޭކަން އިއުލާންކޮށްފައެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާހުރުކް އަދި ކެޓްރީނާއާއެކު ފިލްމު ޒީރޯއިންނެވެ. އެންމެ ފަހުން އަނުޝްކާގެ މަސައްކަތެއް ފެނުނީ އޭނާގެ ފިލްމު ކުންފުނި ކްލީން ސްލޭޓު ފިލްމްޒްގެ ބުލްބުލްއިންނެވެ. އެއީ އޭނާ ޕްރޮޑިއުސް ކުރި ފިލްމެކެވެ.

މި މަސްތެރޭ ފިލްމީތަރި ކަރީނާ ކަޕޫރު އަދި ސައިފް އަލީ ޚާނަށްވެސް ދެވަނަ ދަރިއަކު ލިބެން އުޅޭކަންވެސް ވަނީ އިއުލާންކޮށްފައެވެ. އެމީހުންގެ ފުރަތަމަ ދަރިފުޅު ތައިމޫރުއަށް މިހާރު 3 އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293