twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށިން މާލެ ފޮނުވާލި ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 29, 2020
5

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވާލި ކުއްޖެއް ކޮވިޑް 19 އަށް ޕޮޒިޓްވިވެއްޖެ އެވެ. ކޭއޯއަށް އިތުބާރު ހުރިގޮތަށް އެނގިފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ 7 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ކޭއާރުއެޗުގައި އެޑްމިޓްކޮށްގެން ފަރުވާކުރުމަށް އެކުއްޖާ މާލެ ފޮނުވާލީ ޗާޓަރު ފްލައިޓެއްގައި އިއްޔެ އެވެ. އައިޖީއެމްއެޗަށް ވެއްދުމުގެ ކުރިން ނެނގި ސާމްޕަލުން ކޮވިޑް ޕޮޒިޓިވްކަން ކޭއާރުއެޗަށް އެނގީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ކޮވިޑްގެ އަލާމާތެއް ފެނިގެންނެއް ނޫނެވެ. އެކަމަކު އެ ކުއްޖާ ބަނޑުގައި ރިއްސާތީ ކޭއާރުއެޗުގައި ހަތަރު ވަރަކަށް ދުވަހު އެޑްމިޓްކޮށްގެން ފަރުވާދިނެވެ. އެ ކުއްޖާއަކީ ކަރަންޓީނުގައި ހުރި ކުއްޖެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355