twitterviber whatsapp telegramfacebookyoutube instagram
14th October 2025

ކުޅުދުއްފުއްޓަށް އަރައި ފޭބުން މަނާކޮށްފި

ޚަދީޖާ އާދަމް
Aug 29, 2020

ކުޅުދުއްފުށިން މާލެ ގެންދިޔަ އުމުރުން 7 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. މި ކުއްޖާ މާލެ ގެންގޮސްފައިވަނީ އިއްޔެ ޗާޓަރު ފްލައިޓެއްގަ އެވެ.

ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިކަން ކުޅުދުއްފުށީ ކައުންސިލަށް އެޗްޕީއޭއިން ދާދި ދެންމެއަކު ވަނީ އަންގާފައެވެ. ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ ކޮވިޑާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗްޕީއޭއިން ބެލުމަށްޓަކައެވެ.

ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށާއި ނުކުންނަވަން ޖެހިއްޖެ ނަމަ މާސްކު އަދި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރަން

Posted by Kulhudhuffushi Regional Hospital on Saturday, August 29, 2020

އެގޮތުން މި ވަގުތު ވަނީ ރަށުން އަރައި ފޭބުން މަނާކޮށްފައެވެ. އެހެންކަމުން މި ވަގުތު ރަށުގައި ތިބި ފަރާތްތަކުން ރަށުން ފޭބުމާއި، އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން އެހެން ރަށްރަށުގެ މީހުން ރަށަށް އެރުން ވަނީ މަނާކޮށްފައެވެ.

📢 29 އޮގަސްޓް 2020، 15:12ގައި ކުޅުދުއްފުށި ވަނީ މޮނިޓަރިންގއަށް ލާފައި

🛑 ރަށުގައި މިވަގުތު ތިބި އެއްވެސް މީހުަކު ހެލްތް...

Posted by Kulhudhuffushi Council on Saturday, August 29, 2020

މި ދުވަސްކޮޅަކީ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށްވެސް ކުޅުދުއްފުއްޓަށް އަންނަ ދުވަސްކޮޅެއް ކަމުން މިއަދުވެސް ރަށުން ބޭރުން ގިނަ ފަރާތްތަކެއް ކުޅުދުއްފުއްޓަށް އައިސްފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355