twitterviber whatsapp telegramfacebookyoutube instagram
2nd August 2026

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތުން އުވާލައިފި

ޚަދީޖާ އާދަމް
Aug 30, 2020

ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމަށް ފަހު މިރޭ މޮނީޓަރިންގެ ހާލަތުން ނަގައިފި އެވެ.

މިރޭ އެޗްޕީއޭއިން ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ މޮނީޓަރިންގެ ހާލަތު އުވާލީ އާންމު ސިއްހަތުގެ ގާނޫނޫގެ ދަށުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އިތުރަށް މޮނީޓަރިންގެ ހާލަތު ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށިން މާލެ ގެންދިޔަ އުމުރުން 7 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެގޮތުން ކޮންޓެކްޓް ޓްރެސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްވެފައިވާ 60 މީހެއް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަ ކުރެވިގެން ފުރަތަމަ ޓެސްޓު ކުރެވުނު 24 މީހުންނެވެ. މި އެންމެންގެ ނަތީޖާވެސް ވަނީ ނެގެޓިވްވެފައެވެ.

އެހެންނަމަވެސް ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ހުރިހާ މީހުންވެސް 14 ދުވަހަށް ހޯމްކަރަންޓީނު ކުރުމަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355