twitterviber whatsapp telegramfacebookyoutube instagram
14th April 2026

ފަގީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Sep 14, 2020
1

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތް ތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ކުޅުދުއްފުށީ ކައުސިލުން ހުޅުވާލައިފި އެވެ.

މި ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމާއި މަހައަށެވެ.

ކުޅުދުއްފުށީ ކައުންސިލުން މިކަން ހާމަކޮށް ކުރި އިއުލާނުގައި ބުނާ ގޮތުން ޝަކުވާ ހުށައަޅަން ވާނީ ލިޔުމަކުން ކަމަށެވެ. އަދި ދެވިފައިވާ މުއްދަތު ހަމަވުމަށްފަހު ހުށައަޅާ ޝަކުވާ ބަލައި ނުގަންނާނެ ކަމަށެވެ.

1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަގީރުންނާއި މިސްކީނުންގެ ދަފުތަރު މުރާޖާއާކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާތީ ދަފުތަރުގައި އަލުން ރަޖިސްޓްރީވާން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަސްތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355