ހއ.އުލިގަމާއި އުތީމުގެ އާ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެގޮތުން އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫއުގެ 65 އިންސައްތަ ނިމި އުތީމު އިންޖީނުގޭގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށްވެސް ފެނަކައިން ބުނެ އެވެ.
ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ 65% މިހާރު ވަނީ ނިމިފައި. މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފަިއިވަނީ 13 ނޮވެމްބަރ 2019 ގައި. (1/2) pic.twitter.com/hdx66ZIFzj
— Fenaka Corporation Ltd (@TeamFenaka) September 21, 2020
އުލިގަމު އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި އުތީމު އިންޖީނުގޭގެ މަސައްކަތް ފެށީ މިދިޔަ އަހަރު ފެބްރުއަރީ މަސްތެރޭގަ އެވެ.
ފެނަކައިން ބުނީ މިމަޝްރުއުގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، ރަށުމެދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުންއަންނަ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.