twitterviber whatsapp telegramfacebookyoutube instagram
14th October 2025

ދޮޅު އަހަރަށްފަހު ފިރުދައުސްއަށް ދާއިމީ އިމާމަކު ހަމަޖައްސައިފި

އަބްދުލް ވާހިދު ޙަސަން
Oct 11, 2020
2

ކުޅުދުއްފުށީގެ ވިޔަފާރިވެރިޔަކު މިރަށުގައި އިމާރާތްކުރި މަސްޖިދުލް ފިރުދައުސް ހުޅުވިތާ ގާތްގަނޑަށް ދޮޅު އަހަރު ފަހުން ދާއިމީ އިމާމަކު ހަމަޖައްސައިފި އެވެ.

މިސްކިތުގެ ދާއިމީ އިމާމަކަށް ހަމަޖެއްސީ، ހދ ހިރިމަރަދޫ، އަމަން/ އާދަމް މުހައްމަދެވެ. އޭނާ އިމާމުކަމަށް ހަމަޖެއްސީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާ، އެންމެ ގިނަ މާކްސް ހޯދައިގެންނެވެ.

މިސްކިތްތަކަށް އިމާމުން ހަމަޖައްސަނީ އިސްލާމިކް މިނިސްޓްރީންނެވެ. ދާއިމީ އިމާމަކު ހަމަޖެއްސިކަމުގައިވިޔަސް މިސްކިތް ސާފުކުރުމުގައި ދާއިމީ މުވައްޒަފުން ހަމަޖައްސާފަ އެއް ނުވެ އެވެ.

ވިޔަފާރިވެރިޔާ މުހައްމަދު ޒުހެއިރު އިމާރާތްކުރި މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ 2019 ވަނަ އަހަރުގެ މެއިމަހުގެ 15 ވަނަ ދުވަހު، އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރެވެ.

ގާތްގަނޑަށް 450 އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތް އިމާރާތްކޮށްފައިވަނީ އުތުރު ބަނދަރު ސަހަރައްދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355