twitterviber whatsapp telegramfacebookyoutube instagram
3rd November 2025

ބަންގްލަދޭޝްގެ އިތުރު 200 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި

ނަބީލާ އިސްމާޢީލް
Oct 14, 2020

ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްގެ އިތުރު 200 މީހަކު މޯލްޑިވިއަންގެ ފުލައިޓްގައި މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ގެންދާ ބަންގްލަދޭޝް މީހުން އަނބުރާ އެ ގައުމަށް ގެންގޮސް ދިނުމުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. މިއަދު ފުރީ މިފަދަ 40 ވަނަ ފްލައިޓް ކަމަށާއި އެ ފްލައިޓް ދިޔައީ ޑާކާ އަށް ކަަމަށް މޯލްޑިވިއަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 7732 މީހަކު ފޮނުވާލެވިފައިވާ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޒަމާނުންސުރެން ހައްލު ނުވެ އޮތް ބޮޑު މައްސަލަ އެކެވެ.

ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސީއަކު މި އަހަރު ނިމުމުގެ ކުރިން އަނބުރާ ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހު ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355