twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންނަ އަހަރަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަނީ

ނަބީލާ އިސްމާޢީލް
Oct 25, 2020
2

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް މި މަހުގެ 31ވަނަ ދުވަހުގެ ކުރިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

ގާނޫނުގައިވާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންވާނީ އޮކްޓޫބަރު މަހުގެ 31ގެ ކުރިންނެނެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން މިހާރުވެސް ކުރަމުންދާއިރު، ބަޖެޓާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 37.8 ބިލިއަން ރުފިޔާއެވެ. މި ބަޖެޓުގައި މިއަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. މި ބަޖެޓަކީ ބޮޑު ބަޖެޓަކަށް ވީނަމަވެސް ބަޖެޓުން 12 ބިލިޔަން ރުފިޔާ ދަރަންޏަށް ވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރުވަނީ މިއަހަރުގެ ކުރީކޮޅުވެސް ވިދާޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355