twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަނީ

ނަބީލާ އިސްމާޢީލް
Oct 26, 2020
1

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންނަށް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން ބުނީ ހޯމް މިނިސްޓަރު އިމްރާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެ ކޯލިޝަނުން ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ މައިގަނޑުު ސަބަބެއް ކަމަށް ބުނެފައި ވަނީ 24 އޮކްޓޯބަރ ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅެވެ. އެގޮތުން އެ މައްސަލާގައި ޕްރޮގްރާމްގައި ދެއްކި ކަމަށް ބުނާ ބައެއް ވާހަކަތައް ފާހަގަކޮށްފައި ވެއެވެ.

އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާއި ޑރ. އަފްރާޝިމް އަލީ އަވަހަރާކޮށްލުން އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލާގައި އިމްރާން ދައްކަވާފައިވާ ވާހަކަތަކެކެވެ.

އިމްރާން ވިދާޅުވީ ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހިނގި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުންނެވެ. އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއެކުއެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 9 އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355