twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ބަނދަރާއި އޮޑިއެހެލާ ސަރަހައްދުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފި

ނަބީލާ އިސްމާޢީލް
Nov 15, 2020
3

ކުޅުދުއްފުށި ބަނދަރާއި އޮޑިއެހެލާ ސަރަހައްދު، އަދި އެތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި އޮޑިދޯނި ފަހާރާ އެހެނިހެން މުދަލާއި ތަކެތީގެ ވެރިފަރާތުން އެ ތަކެތި ނެގުމަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން އަންގައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކުޅުދުއްފުށި ބަނދަރު، އޮޑިއެހެލާ ސަރަހައްދު، އަދި މިތަންތަނާއި އިންވެގެންވާ ސަރަހައްދުތަކުގައި މިފަދަ ތަންތަން ބެލެހެއްޓުމަށް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އޮޑިދޯނިފަހަރާއި މުދާ އަދި ތަކެތި ބަހައްޓާކަމާއި ގަވައިދުތަކާ އުސޫލުތަކާ ހިލާފަށް އޮޑިދޯނި ފަހަރު އެހެލާ އެއިދާރާއަށް އެންގުމަކާ ނުލާ މަރާމާތު ކުރާކަން ވަނީ ފާހަގަ ކުރެވިފަ ކަމަށެވެ.

މިސަރަހައްދުތަކުގައި އެއްވެސް މުދަލެއް ބަހައްޓާފައިވާ ފާރާތެއްވާނަމަ މިމަހު 19 ވަނަ ދުވަހުގެ ނިޔަލަށް ތަކެތި ނަގައި ތަން ސާފުކުރުމަށް އަންގާ ކަމަށާއި މި މުއްދަތުގެ ތެރޭގައި ވެރިއަކު ނޭނގޭ މުދަލާއި އޮޑިދޯނިފަހަރު އެސަރަހައްދުން ނަގައި ނައްތާލެވޭނެކަމަށެވެ.

އަދި އެއިދާރާއަށް އެންގުމަކާ ނުލައި އެހެލާފައިވާ އޮޑިދޯނި ފަހަރުގެ ވެރިފަރާތްތަކުން އެކަމަށް ކަނޑައަޅިފައިވާ އުސޫލުތަކާއި އެއްގޮތައް ފޯމު ހުށައަޅާމިފަދަ އުޅަނދުތަކުގެ މައުލޫމާތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައުންސިލާ ހިއްސާކޮށް އޮޑިދޯނި ފަހަރު އެހެލުމަށާއި މަރާމާތު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންތައް ކުރުމަށް އަންގާ ކަމަށެވެ.

މިގޮތަށް ގަވައިދާ ހިލާފަށް ކަންތައް ކުރުމުގެ ސަބަބުން އެސަރަހައްދުގެ ސާފުތާހިރުކަން ގެއްލުމާއި މިތަންތަން ބޭނުންކުރާ ފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިވަމުންދާ ކަމުގައި ކައުންސިލުގެ އިއުލާނުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355